Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިނޭންސް މިނިސްޓަރ އަމީރު

ތިން ރަށެއްގެ ހޮސްޕިޓާ އެޅުން ވަކި ބަޔަކާ ހަވާލުކޮށް ގިނަ އަދަދެއްގެ ފައިސާ ދޭން ބޮޑު ޖަރީމާއެއް!

ހަތަރު ރަށެއްގައި ހޮސްޕިޓާ އެޅުމުގެ މަސައްކަތް ވަކި ބަޔަކާ ހަވާލުކޮށް، ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް ދިނުމަށް ސަރުކާރުން ބޮޑު ޖަރީމާއެއް ހިންގައިފިއެވެ.

ކުވައިތު ފަންޑުން ފައިސާ ހަމަޖެހިފައިވާ ހދ.ހަނިމާދޫ، ތ.ވިލިފުށި، އދ.މާމިގިލި ހޮސްޕިޓާ އެޅުމުގެ މަސައްކަތް ހަވާލުކުރަން ސަރުކާރުން ބޭނުންވި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް، ބޭންކު ގެރެންޓީ ހުށަހެޅުމަށް އެންގިތާ ތިން މަސްވީއިރުވެސް އެ ބޭންކު ގެރެންޓީ ހުށަހެޅިފައިނުވެއެވެ.

ފިނޭންސް މިނިސްޓްރީގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި ކުވައިތު ފަންޑުގެ އުސޫލުތަކާއި ޤަވާއިދު ހަމަޖެހިފައިވާ ގޮތުން އެ ފަންޑުން ފައިސާ ދީގެން ހިންގާ މަޝްރޫޢެއްގައި ނަމަ، އެ މަޝްރޫޢު ހިންގާ ކުންފުނިން ހުށަހަޅަންޖެހޭނީ ބޭންކު ގެރެންޓީއެކެވެ. ޑުޕްލެކްސްއަށް 3 މަސްދުވަހުގެ ތެރޭގައިވެސް ބޭންކު ގެރެންޓީ ހުށަނޭޅުމުން އެ ފަންޑުގެ ޚަރަދުގައި އެ މަޝްރޫޢު ހިންގުން އެ ކުންފުންޏާ ހަވާލުނުކުރެވޭނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑުޕްލެކްސްއަށް ގެރެންޓީ ހުށަނޭޅި ތިން މަސްދުވަސް ފާއިތުވުމުން، އެ މަޝްރޫޢުތައް ކުވައިތު ފަންޑުގެ ޚަރަދުގައި އެ މަޝްރޫޢުތައް ހިންގުމުގެ ބަދަލުގައި ސީދާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މަޝްރޫޢުތައް ހިންގުމަށްވަނީ ނިންމާފައި ކަމަށެވެ.

އެގޮތުން ޕާފޯމަންސް ގެރެންޓީގެ ބަދަލުގައި އިންޝުއަރެންސް ބޮނޑު ހުށަހެޅޭ ގޮތަށް ބަދަލުކޮށް މަޝްރޫޢުތައް އެ ކުންފުންޏާ ހަވާލުކޮށް ކުރިއަށްގެންދަން ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީގެ ދެ މަސްއޫލުވެރިޔަކު ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް ކަށަވަރުކޮށްދީފައިވެއެވެ.

އަދި އެގޮތަށް އެ މަސައްކަތް ފެށުމާއެކު، ޑުޕްލެކްސްއަށް މި މަޝްރޫޢުގެ އެޑްވާންސް ފައިސާގެ ގޮތުގައި 60 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. "ޑުޕްލެކްސްއަށް 60 މިލިއަން ރުފިޔާ ދޭން ބީސީ-02 އަށް އަޅަން އަމީރު އަންގަވައިގެން މިހާރުވަނީ އަޅައި އެޕްރޫވަލަށް ފޮނުވާފައި،" ފިނޭންސް މިނިސްޓްރީގެ މަސްއޫލުވެރިއެއް ވިދާޅުވިއެވެ.

އެ އޮފިޝަލުން ވިދާޅުވި ގޮތުގައި ށ.މިލަންދޫއާއި ކ.ތުލުސްސޫ އަދި ވ.ފެލިދޫގައި ހޮސްޕިޓާ އެޅުމުގެ މަސައްކަތް ހަވާލުކުރި ކުންފުނިންވަނީ ކުވައިތު ފަންޑުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅަންޖެހޭ ބޭންކު ގެރެންޓީ ހުށަހަޅައި، އަދި އެޑްވާންސް ޕޭމެންޓަށް ގެރެންޓީ ހުށަހަޅާފައެވެ.

މި މައްސަލައިގެ މައުލޫމާތު ދެއްވި ފިނޭންސް މިނިސްޓްރީގެ ވެރިން ފާހަގަކުރައްވާ ގޮތުގައި ޑުޕްލެކްސް ކުންފުންޏާ 700 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް ހަވާލުކޮށްފައިވިޔަސް އެއްވެސް މަޝްރޫޢެއްގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިއަށްނުދެއެވެ.

އަދި އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މި ކުންފުނިން އަމިއްލަ ފައިނޭންސްގައި ހިންގުމަށް ހަވާލުކުރެވުނު ހއ.އިހަވަންދޫ ހޮސްޕިޓަލުގެ މަޝްރޫޢު ހިންގުމަށް ލޯނެއް ހޯދަން ބޭންކް އޮފް މޯލްޑިވްސްއިން ލޯނެއް ނެގުމަށް ދިއުމުން ބީއެމްއެލްއިން ކުންފުނީގެ މާލީ ހާލަތަށް ބެލުމަށްފަހު ލޯނު ދޭން އެ ކުންފުނި އެލިޖަބަލްނުވާކަމަށް ނުވަތަ އެކަށީގެންނުވާ ކަމަށް ނިންމައި އަންގާފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެ މަޝްރޫޢު އޮތީ ހުއްޓިފައެވެ.

އޭގެ އިތުރަށް ކުޅުދުއްފުޓާއި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލަށް އެޅުމަށް ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމެއް ހެދިމަކަށް ބުނެ ސަރުކާރުން އިޝްތިހާރުކުރި ނަމަވެސް އެ މަޝްރޫޢުތަކާ ގުޅިގެން އެ ކުންފުންޏާއެކު ރޭގަނޑެއްގައި ސޮއިކުރީ ހަމައެކަނި އެމްއޯޔޫއެއްގައި ކަމަށްވެސް އެ އޮފިޝަލުން ވިދާޅުވިއެވެ. އެއީވެސް އަދި ހިންގަން ފެށޭނެ މަޝްރޫޢުތަކެއް ނޫންކަމަށް އެ ބޭފުޅުން މައުލޫމާތު ދެއްވިއެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން އަންނަނީ ގިނަ މަޝްރޫޢުތަކެއް ކުންފުނިތަކާ ހަވާލުކުރަމުންނެވެ. އެއިން ވަރަށް ގިނަ މަޝްރޫޢަކީ ބަޖެޓުގައި އެ މަޝްރޫޢުތައް ހިންގުމަށް ފައިސާ ހިމަނާފައިވާ މަޝްރޫޢުތަކެއްވެސް ނޫނެވެ.

މި ލިއުމާއި ގުޅޭ