Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލްހާން ފަހުމީ

ރައީސް އިބްރާހީމުގެ ކެމްޕެއިނަށް އަލްހާން، ފައިސާ ނުލިބި ތިބި މީހުން ރަތަށް!

ކިންގްސް ފޮރެކްސް ޓްރޭޑިން ނަމުގައި ކުންފުންޏެއް ހަދައިގެން ފޮރެކްސް ޓްރޭޑުކޮށްގެން ބޮޑު ފައިދާ މީހުންނަށް ހޯދައިދޭނެކަމަށް ބުނެ އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުވެފައިވާ ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލްޙާން ފަހުމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިނާ ގުޅިވަޑައިގަތުމާއެކު، އޭނާއަށް ފައިސާ ދީގެން ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މީހުން ރުޅިއައިސް ފާޑުކިޔަން ފަށައިފިއެވެ.

ފޮރެކްސް ޓްރޭޑުކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އަލްޙާނު ހިންގަމުން އައީ ޕޮންޒީ ސްކީމެއްކަމަށް ބުނެފައިވަނީ މަރުކަޒީ ބޭންކު އެމްއެމްއޭއިންނެވެ. އެއާއެކު އެކަމަށް އަލްޙާން ބޭނުންކުރި ކުންފުނީގެ އެކައުންޓުތައް ބޭންކު އޮފް މޯލްޑިވްސްއިން ފުރީޒުކޮށް، ފުލުހުންގެ ޚިދުމަތުން އަލްޙާނާމެދު ޖިނާއީ ތަހުގީގެއް ހިންގަން ފެށިއެވެ. ނަމަވެސް އެ ތަހުގީގު އެއްގޮތަކަށްވެސް ކުރިއަށް ގޮސްފައިނުވެއެވެ.

އަލްޙާނު ހިންގިކަމަށް މަރުކަޒީ ބޭންކުން ތުހުމަތުކުރާ ޕޮންޒީ ސްކީމުގައި 1،400 އަށްވުރެ ގިނަ މީހުންގެ އަތުން އޭނާވަނީ 60 މިލިއަނަށްވުރެ ގިނަ ފައިސާ ނަގާފައިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މީގެ ކުރިން ބުނެފައިވެއެވެ.

އަލްޙާނުގެ ސްކީމުގައި އިންވެސްޓުކޮށް ފައިސާ ނުލިބި އޭނާގެ ޝިކާރައަކަށްވިކަމަށް ޤަބޫލުކުރާ 400 އަށްވުރެ ގިނަ މީހުން ތިބޭ "ކިންގްސް ސްކޭމް ވިކްޓިމްސް ކޮމިއުނިޓީ" ޓެލެގުރާމު ގުރޫޕުގައި ގިނަ ބަޔަކު އަންނަނީ އަލްޙާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ނެރުއްވަން ރައީސް އިބްރާހީމް ނިންމަވާފައިތީ ފާޑުކިޔަމުންނެވެ.

އެ ގުރޫޕުގައި ފާޑުކީ އެކަކު ބުނީ އެ މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއް ކުރިއަށްނުގެންދެވި، އެ ސްކީމު ފަޅާއެރިފަހުން އަހަރަކަށްވުރެ ދުވަސްވީއިރު އަލްޙާނުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރެވި އޮތީ ސަރުކާރުން އެކަމަށް ހުރަސްއަޅާތީކަމަށެވެ. އަލްޙާނަށް ފައިސާ ދިނުމަށްފަހު ފައިސާ ނުލިބުނު އެތައް ބަޔަކު އޭނާއާ ދެކޮޅަށް ހެކިބަސްދީފައިވާއިރު އޭނާއަށް ދައުވާނުކުރާ އިތުރު ސަބަބެއް ނޯންނާނެ ކަމަށެވެ.

"އަހަރެއްގެ ތެރޭގައި މިލިއަނަރަކަށް ވެވޭނެ" ކަމަށް ބުނެ ބުނެ އަލްޙާނުގެ ސްކީމުން ދެއްކި ދަޅާގައި ޖެހުނު 1،400 އަށްވުރެ ގިނަ މީހުންގެ ތެރެއިން އެ ސްކީމަށް އިންވެސްޓުކުރި ބައެއް މީހުންނަކީ އެމީހުން އުމުރު ދުވަހު ކުރި މަސައްކަތުން އެއްކުރި ހުރިހައި ފައިސާއެއް އެ ސްކީމަށް އިންވެސްޓުކުރި މީހުންނެވެ.

މި މައްސަލައިގެ ތަހުގީގަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ނިމުނު އޯގަސްޓު މަހުގެ 26 ވަނަ ދުވަހުގައި ފުލުހުން އެދިގެން ކުރިމިނަލް ކޯޓުންވަނީ އަލްޙާނުގެ ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރެއް ނެރެފައެވެ.

ރޭ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ގޭގައި ހުޅުވި ރިޔާސީ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރަސްމިއްޔާތުގައި އޭނާ ވާހަކަދައްކަވާފައިވެއެވެ. އަލްޙާނު ކެމްޕެއިނަށް ނިކުމެވަޑައިގެންނެވިއިރު، އޭނާގެ ސަބަބުން ގެއްލުންވި އެތައް ހާސް ބަޔަކަށް ދޭންހުރި ފައިސާ ނުދެއްވައި އުޅުއްވުމަކީ ލަދުހަޔާތެއް ނެތުންކަމަށް އޭނާގެ ޝިކާރައަށްވީ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަލްޙާނުގެ ސްކީމަށް އިންވެސްޓުކުރި މީހަކު "ދިޔަރެސް"އާ ވާހަކަދައްކަމުން ބުނީ އަލްޙާނު ކެމްޕެއިނަށް ނެރުމަކީ ރައީސް އިބްރާހީމުގެ ވިސްނުންފުޅުގައި "ވިކްޓިމްސް"އާ މެދުގައި އެއްވެސް އޯގާތެރިކަމެއް ނެތުން ކަމަށެވެ.

މި ލިއުމާއި ގުޅޭ