މީޑިއާ ނެޓުގެ އެމްއެސް ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކޮށްގެން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 10،000 ރުފިޔާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.
މީޑިއާނެޓުން މީގެ ކުރިން ނިންމީ އެ ޕްރޮމޯޝަން މިދިޔަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް މިހާރު އެ ކުންފުނިން ވަނީ އެ ޕްރޮމޯޝަން އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދިގުދެމިގެންދަންމައިލުމަށް ނިންމާފައެވެ.
އެ ޕްރޮމޯޝަންއަކީ މީޑިއާނެޓުގެ އެމްއެސް ޑިޖިޓަލް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ވީޑިއޯކްލަބަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ޕްރޮމޯޝަނެކެވެ.
މީޑިއާނެޓުން ބުނިގޮތުގައި އެ ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ ވަރަށް ޝައުގުވެރި، ދިވެހިންގެ ރަހަތަކާ ގުޅޭ ފިލްމާއި ސީރީޒް ވީޑިއޯކްލަބް ލައިބްރަރީއަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކުރުމަށް ހަމަޖެހިފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އެގޮތުން "މީޑިއާނެޓް އޮރިޖިނަލްސް" ބެނާރގެ ދަށުން ރިލީޒްކުރުމަށް ހަމަޖެހިފައިވާ ދިވެހި އަމިއްލަ އުފެއްދުމެއް ކަމުގައިވާ "ގަރީނާ" ފާހަގަކޮށްލެވޭކަމަށާއި ވީޑިއޯކްލަބުން މިހާރު ބޮލީވުޑްގެ ސްޓްރީމިންގް ޕްލެޓްފޯމްތަކުގައި މަޝްހޫރު "ޒީ 5 އޮރިޖިނަލްސް" ގައި ހިމެނޭ ފިލްމާއި ސީރީޒް ދިވެހިންނަށް ފަސޭހަކަމާއެކު ބެލޭނެގޮތް ހަމަޖައްސަމުން އަންނަކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިގޮތުން އިންޑިއާގައި މަގުބޫލު އަދި ކާމިޔާބު ސީރީޒްއެއް ގޮތުގައި ފާހަގަކުރެވުނު "އަބްހޭ" މިހާރުވެސް ވީޑިއޯކްލަބުން ބެލޭނެކަމަށާއި ދިވެހި އަދި ހިންދީ ކޮންޓެންޓްގެ އިތުރުން އިނގިރޭސި އަދި ޓާރކިޝް މަގުބޫލު ސީރީޒްތަކާއި ފިލްމުތައްވެސް ވީޑިއޯކްލަބަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުކުރުމަށް ނިންމާފައިވާކަމަށް މިޑިއާނެޓުން ބުނެފައިވެއެވެ.
އެމްއެސް ވީޑިއޯ ކްލަބަށް ދެ ގޮތަކަށް ސަބްސްކްރައިބްކޮށްގެން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
އެގޮތުން ފޯނަށް އެ އެޕް އެޅުމަށްފަހު އެމް އެސް ކޮމްބޯ ޕެކޭޖު 12 މަހަށް ނެގޭނެކަމަށާއި އެއީ ވީޑިއޯ ކްލަބްއާއި އެކު މީޑިއާ ނެޓުގެ ޓީވީ ޗެނަލްތައް ބަލާލެވޭނެ ޕެކޭޖެއްކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ. އެ ޕެކޭޖްގެ އަގަކީ 12 މަހަށް 555 ރުފިޔާއެވެ.
މީގެ އިތުރުން ހަމައެކަނި ވީޑިއޯކްލަބް ބަލާލަން ބޭނުންވާ ފަރާތްތަކަށް ފޯނުން ވީޑިއޯކްލަބްގެ ހުރިހާ ކޮންޓެންޓެއް 12 މަހަށް 333 ރުފިޔާ ދައްކައިގެން ބަލާލެވޭނެ ކަމާއި އެއީ އެއްފަހަރުން އެފަދައިން ފައިސާ ދައްކާލައިގެން އެއް އަހަރު ދުވަހަށް ވީޑިއޯ ކްލަބްގެ ހުރިހާ ކޮންޓެންޓްއެއް ބަލާލެވޭނެ ފުރުސަތެއްކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީޑިއާނެޓުން ބުނީ އެ ޕްރޮމޯޝަނުގައި ކުރިން ސަބްސްކަރައިބް ކޮށްފައިވާ ފަރާތްތަކަށްވެސް 12 މަހަށް ފައިސާ ދައްކައިގެން ވީޑިއޯ ކްލަބް އަދި މީޑިއާނެޓްގެ ޗެނަލްތައް ހަމަ އެ އަގުތަކުގައި ބަލައިލެވޭނެކަމަށާއި 12 މަހަށް އެ ހިދުމަތުގެ ބޭނުންވެސް ކުރެވޭނެ ކަމަށެވެ.