Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރުތިލަފަޅު އެއްބަސްވުން

އުތުރު ތިލަފަޅު އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް އިތުރުކޮށްފި

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު "ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު" އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް އިތުރުކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރިއިރު އެއްބަސްވުމުގެ މުއްދަތަކަށް ޖަހާފައިވަނީ 15 އަހަރެވެ. އަދި އެއަށްފަހު 10 އަހަރަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް ދާދި ފަހުން އެ އެއްބަސްވުމަށް އިންޑިއާއިން އެދިގެން ވަނީ ބަދަލުގެނެސްފައެވެ. މިގޮތުން އެއްބަސްވުމުގެ މުއްދަތަކީ 99 އަހަރު ކަމަށް ޖަހާފައިވާއިރު, އުތުރުތިލަފަޅުގައި ޤާއިމްކުރާ އަސްކަރީ މަރުކަޒުގެ ފުރިހަމަ ބާރު އިންޑިއާއަށް އޮންނަ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު, ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދަށް ފޮނުވި ސިޓީއެއްގައިވެސް ވަނީ މި އެއްބަސްވުމަށް ބަދަލު ގެނައުމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

އުތުރުތިލަފަޅު އެއްބަސްވުން ސަރުކާރުން ސިއްރުކޮށްފައިވާއިއރު އެ އެއްބަސްވުމާ ގުޅޭގޮތުން ބައެއް މައުލޫމާތުތައް ހާމަކުރަން ދިވެހިރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން މިހާތަނަށްވެސް އެ މައުލޫމާތު ހާމަކޮށްފައިނުވެއެވެ.

އުތުރުތިލަފަޅުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު 3 އަހަރު ތެރޭގައި އެތަން ބޭނުންކުރަން ފަށާގޮތަށް ވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ