Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސާ ޞާލިޙު

ފައިސާ ދީގެން ހުރިހާ ނޫހެއްގައި ރައީސް އިބްރާހީމު މޮޅުވާ މަންޒަރު ފެންނަކަމަށް ލިޔުއްވަނީ

ހޮނިހިރުދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބުވާ މަންޒަރު ފެންނަކަމަށް ބުނެ ލިޔުންތަކެއް ލިޔުއްވާކަން ހާމަވެއްޖެއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ދެއްވި ނޫހެއްގެ އެޑިޓަރަކު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ދެ ދުވަހަށްވުމާއެކު، އިންތިޚާބުގައި ނޫސްވެރިންގެ ބެލުންތަކާއި ހޯދި ހޯދުންތަކާއި ރައީސް އިބްރާހީމް ކެމްޕެއިނުގައި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ލިބުނު ތަރުހީބަށް ބަލާއިރު، ހޮނިހިރުދުވަހުގައި ނަގާ ވޯޓުގެ އަޣުލަބިއްޔަތު ރައީސް އިބްރާހީމަށް ކާމިޔާބުކުރެއްވޭނެ ކަމަށް ނޫސްތަކުގައި ލިޔުއްވަން ސަރުކާރުން ގުޅައިގެން އަންގާފައިވާ ކަމަށެވެ.

އަދި ރައީސް އިބްރާހީމު ޕްރޮމޯޓުކޮށް އިންތިޚާބުގައި އެމަނިކުފާނަށް ބޮޑު ކާމިޔާބެއް ލިބިވަޑައިގަންނަވާނެ ކަމަށް ބުނެ ނޫސްތަކުގައި ލިޔުމަށް ސަރުކާރުން ފައިސާ ދީފައިވާކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނެފައިވަނީ ގިނަ އަދަދެއްގެ ފައިސާ އެހެން ނޫސްތަކަށްވެސް އެ ޚަބަރު ލިޔުމަށް ދެމުންދާ ކަމަށެވެ.

ރައީސް އިބްރާހީމުގެ ކެމްޕެއިނުގައި އެމަނިކުފާނު ވަޑައިގަންނަވާ ރަށްތަކުން ހޫނު މަރުހަބާއެއް ނުލިބުނު ނަމަވެސް އެމަނިކުފާނަށް މަރުހަބާ ކިޔަން ނިކުންނަ މީހުންގެ އަދަދު އަސްލު އަދަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ދެއްކުމަށް މީޑިއާތައް މެދުވެރިކޮށް ގެންދަނީ ތަފާތު ސުރުޚީތައް ހަދަމުންނެވެ. އަދި އިންތިޚާބާ ދިމާކޮށް ރައީސް އިބްރާހީމު އަންގަވައިގެން ބަޖެޓުގައި ނުހިމެނޭ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުން އެ މަޝްރޫޢުތައްވެސް އިޝްތިހާރުކޮށް، އެ ޚަބަރުތައްވެސް ސަރުކާރުން ފައިސާ ދޭ ނޫސްތަކުން އަންނަނީ ވަރަށް ބޮޑަށް ފަތުރަމުންނެވެ.

މީގެ ކުރިންވެސް ސަރުކާރު ޕްރޮމޯޓުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކަށް ގިނަ އަދަދެއްގެ ފައިސާ ބަހާފައެވެ. އޭގެ އިތުރަށް ރައީސް އިބްރާހީމުގެ ވެރިކަމުގައި ދައުލަތުގެ ކުންފުނިތަކުން އަންނަނީ ގިނަ އަދަދެއްގެ ފައިސާ މީޑިއާއަށް ދެމުންނެވެ. އަދި މީޑިއާއަށް ދޭ ފައިސާއާއި، ފައިސާ ލިބޭ މީޑިއާތަކާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ސަރުކާރުގެ ކުންފުނިތަކުން އަންނަނީ ތަކުރާރުކޮށް އިންކާރުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ