Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަރަބިއްޔާ ސުކޫލު

ޑރ. މުއިއްޒު އަރަބިއްޔާގެ ބެލެނިވެރިނަށް ދިނީ ސަޕްރައިޒެއް!

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މަދުރަސަތުލް ޢަރަބިއްޔަތިލް އިސްލާމިއްޔާގެ ބެލެނިވެރިންނަށް ދެއްވީ ސަޕްރައިޒެއް ކަމަށް އެބެލެނިވެރިން ބުނެފިއެވެ.

އަރަބިއްޔާ ސްކޫލުގެ ހައްގުގައި އަޑު އުފުލުމަށް ޓަކައި ހަދާފައިވާ "އަރަބިއްޔާ ފެމެލީ" ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި އެބެލެނިވެރިން ބުނެފައިވަނީ ޑރ. މުއިއްޒު އެބޭފުޅުންނާއި އެކު ބޭއްވި ކުއްލި ބައްދަލުވުމުން ވަރަށް އުންމީދީ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ.

އެ ވައުދުތަކުގެ ތަފްސީލް މާދަމާ ހާމަ ކުރައްވާނެ ކަމަށް ވެސް "އަރަބިއްޔާ ފެމެލީ" އިން ބުނެފައިވެއެވެ.

ސަރުކާރުން އިހުމާލުވެފައިވާކަމަށާއި ވެރިކަން ލިބިއްޖެ ނަމަ އެ ސްކޫލު މާލޭގެ ރަނގަޅު ބިމެއްގައި އަޅުއްވާނެކަމަށް، މިހާރު ކުރިއަށްދާ ކެމްޕެއިންގައި މީގެ ކުރިން ވެސް ޑރ. މުއިއްޒުވަނީ ވިދާޅުވެފައެވެ.

ކެމްޕެއިން ދަތުރުފުޅުގައި ށ. ކަނޑިތީމަށް ވަޑައިގެން މުއިއްޒު ވިދާޅުވީ އަރަބިއްޔާ ސްކޫލަކީ މި ސަރުކާރު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމެއްކަމަށާއި އަރަބިއްޔާ ބެލެނިވެރިންނަށް ސަރުކާރުން ދިނީ ދޯކާއެއްކަމަށެވެ.

އެގޮތުން އެ ސްކޫލުގެ ދަރިވަރުންނަށް ސްކޫލުގެ އިމާރާތް އަޅަން އުޅެނީ މާލޭގެ އެންމެ ބާރުބޮޑު ސަރަހައްދު ބަލާފައިކަންވެސް މުއިއްޒު ފާހަގަކުރައްވާފައިވެއެވެ.

އެރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އަރަބި ބަހުން ކިޔަވައިދޭ އަދި އެހެން ބަހުރުވައިންވެސް ކިޔަވައިދޭ ގޮތަށް އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމަކީ އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ ކުރައްވާނެ ކަމެއް ކަމަށާއި އެ ސްކޫލު މާލޭގެ ރަނގަޅު ބިމެއްގައި އަޅުއްވާނެކަމަށެވެ.

އެމްޑީޕީ ސަރުކާރު އަންނަ ކޮންމެ ފަހަރަކު އަރަބިއްޔާ ސްކޫލަށް އެކި ގޮތް ގޮތުން ދަތިތައް ކުރިމަތި ކުރުވާފައިވެއެވެ. އެކަމާ ގުޅިގެން އެސްކޫލުގެ ބެލެނިވެރިން ކޮންމެ ފަހަރަކު މުޒާހަރާ ކުރެއެވެ.

ޢަރަބިއްޔާ ސުކޫލުގެ ކުރީގެ އިމާރާތުގައި ރެނދުއަޅައި އިމާރާތް ވަރަށް ބޮޑަށް ބާވެ، އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމެއް ނޫންކަމަށް ފެނުމުން ދަރިވަރުން ބަދަލުކޮށްފައިވަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގަމުން އައި އިމާރާތަށެވެ. އެ އިމާރާތަށް ވަގުތީ ގޮތުން ކުދިން ބަދަލުކުރުމުގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ޢަރަބިއްޔާގެ އައު އިމާރާތެއް ބިނާކުރައްވަން ވައުދުވެވަޑައިގެންފައެވެ.

ޢަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަހައްދުކަމަށްވާ ބާ ޖަމާލުއްދީނެވެ. އެ ސަރަހައްދުގައި އަރަބިއްޔާ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދާ ދުވެލީގެ ލަސްކަން ފާހަގަކޮށް ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ