Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ރާއްޖޭގެ 16 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމް ބޫޓާން އަތުން މޮޅުވެ ސެމީއަށް ދަތުރުކޮށްފި

16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާނާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބު ކޮށް ރާއްޖޭގެ 16 އަހަރުންދަށުގެ ފުޓުބޯޅަ ޓީމު، އެމުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބޫޓާންގައި މިހާރު ކުރިއަށްދާ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ބަލިވީ 3-0 އިންނެވެ. ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން ވަނީ 2-1 އިން ބޫޓާން ބަލިކޮށްފަ އެވެ. ބޫޓާން އަތުން މިރޭ މޮޅުވެ ރާއްޖެ ސެމީ ފައިނަލަށް ގޮސްފައި މިވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

ހުކުރު ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުގައި ރާއްޖެ ނުކުންނާނީ، ގުރޫޕް އޭގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ހޯދި އިންޑިއާއާ ދެކޮޅަށެވެ. ޕާކިސްތާން ނުކުންނާނީ ގުރޫޕް އޭގެ ދެވަނަ ހޯދި ބަންގްލަދޭޝާ ދެކޮޅަށެވެ.

ރާއްޖޭގެ ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިލާން އިމްރާން އާއި އީތަން އިބްރާޙިމް ޒަކީއެވެ. މި ދެކުޅުންތެރިން ވަނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

މިއީ މި އުމުރުފުރާގެ ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި ރާއްޖޭގެ ޓީމެއް ގުރޫޕް ސްޓޭޖް ފަހަނައަޅައިދިޔަ ފުރަތަމަ ފަހަރެވެ.

މި ލިއުމާއި ގުޅޭ