Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްރު

މިސްރުގެ އުފަންވާ ނިސްބަތް ދަށްކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ސީސީ ގޮވާލައްވައިފި

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ އަރަބި ބަހުން ވާހަކަ ދައްކާ ދުނިޔޭގެ އެންމެ އާބާދީ ބޮޑު މިސްރުގައި އުފަންވާ ނިސްބަތް މަޑުޖައްސާލުމަށް ފިޔަވަޅުތަކެއް އެޅުމަށް އަންގާރަ ދުވަހު ގޮވާލައްވާފައެވެ.
"އަހަރަކު ހަތަރު ލައްކަ ކުދިން އުފަންކުރަން ޖެހޭނީ، 2022 ވަނަ އަހަރު ގާތްގަނޑަކަށް 2.2 މިލިއަން މީހުން އުފަންވި" 105 މިލިއަން މީހުން ދިރިއުޅޭ އެ ގައުމުގެ ލީޑަރު ވިދާޅުވި އެވެ.
ސީސީ އެކަމަށް ގޮވާލެއްވިއިރު، އޭނާގެ ހެލްތު އެންޑް ޕޮޕިއުލޭޝަން މިނިސްޓަރު ޚާލިދު އަބްދުލް ޣައްފަރު ކޮންފަރެންސެއްގައި ވިދާޅުވީ "ދަރިން ހޯދުމަކީ ފުރިހަމައަށް ލިބިދޭ މިނިވަންކަމެއް" ކަމަށެވެ.
ދަރިން ލިބުމަކީ ފުރިހަމަ މިނިވަންކަމެއް ކަމަށް ތިޔަ ބޭފުޅުން ގެންގުޅުއްވާ ވިސްނުމާ އަޅުގަނޑު އެއްބަހެއް ނުވަން،" ރައީސް ވިދާޅުވި އެވެ.
"އެމިނިވަން ކަމަށް ވަކާލާތު ކުރައްވާނީ ޗެލެންޖް އޮތް މިންވަރު ނޭނގޭ މީހުން. އެންމެ ފަހުން އެކަމުގެ އަގު އަދާކުރާންޖެހޭނީ މުޅި މުޖުތަމައު އާއި މިސްރުގެ ދައުލަތް،" އެ ގައުމުގެ ތާރީހުގައި ކުރިމަތިވި އެންމެ ނުރައްކާތެރި އިގްތިސާދީ ކާރިސާގެ ތަޖްރިބާއަށް އިޝާރާތް ކުރައްވާ ސިސީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މިނިވަންކަން އިންތިޒާމު ކުރަން ޖެހޭ، އެހެން ނޫންނަމަ އޭގެ ސަބަބުން ކާރިސާއެއް އުފެދިގެން ދާނެ،" ސީސީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މިނިވަންކަން އިންތިޒާމު ކުރަން ޖެހޭ، އެހެން ނޫންނަމަ އޭގެ ސަބަބުން ކާރިސާއެއް އުފެދިގެން ދާނެ،"
ރައީސް ސީސީ
"ޗައިނާ މީހުން މިގޮތަށް ނިންމީ 1968 ވަނަ އަހަރު" އަދި 2015 ވަނަ އަހަރު ބެއިޖިންއިން ވަނީ އެއް ދަރިންގެ ސިޔާސަތު ރަސްމީކޮށް ދޫކޮށްލައި، ކައިވެނިކޮށްގެން އުޅޭ ހުރިހާ ދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބުމުގެ ފުރުސަތު ދީފަ، އާބާދީ ކޮންޓްރޯލް ކުރުމުގެ ސިޔާސަތުގައި އެ ބޭފުޅުން ކާމިޔާބު ހޯއްދެވި،" ސީސީ ވިދާޅުވި އެވެ.
މިސްރުގެ ފުރަތަމަ އަދި ހަމައެކަނި ޑިމޮކްރެޓިކް އުސޫލުން އިންތިހާބުވި ރައީސް މުހައްމަދު މުރްސީ މަގާމުން ދުރުކުރެއްވުމަށްފަހު 2014 ވަނަ އަހަރު ރައީސް ކަމަށް ވަޑައިގެންނެވި ކުރީގެ އަސްކަރިއްޔާގެ ޖެނެރަލެއް ކަމަށްވާ ސީސީ 2024 ވަނަ އަހަރުގެ ކުރީކޮޅު ބާއްވާ އިންތިހާބުގައި ތިން ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.
މި ލިއުމާއި ގުޅޭ