Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ރިސޯޓުތަކުގެ ވިލާތައް ދިގުމުއްދަތަށް ކުއްޔަށްދެވޭގޮތަށް އާ ގަވައިދެއް ހަދައިފި

ރިސޯޓުތަކުގެ ވަކި ވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ ގޮތަށް އާ ގަވާއިދެއް ހަދައި އެގަވާއިދު ޓޫރިޒަމް މިނިސްޓްރީން ގެޒެޓްކޮށްފި އެވެ.

އެމިނިސްޓްރީއިން ގެޒެޓްކުރި މި ގަވައިދުގައިވާ ގޮތުން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކުގައި އެއް ވިލާ އަށް ވުރެ ގިނައިން ވެސް ކުއްޔަށް ދިނުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި މި އުސޫލުގެ ދަށުން މުޅި ރިސޯޓުގެ ހުރިހާ ވިލާއެއް ނުނިމެނީސް ވެސް ނިމިފައި ހުރި ތަންތަން ކުއްޔަށް ދިނުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ގަވައިދު އެކުލަވައިލީ މެދު ފަންތީގެ ރިސޯޓުތަކުގެ އޯނަރުންނަށް މިހާރަށް ވުރެ ފަސޭހަކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން އިން ވަނީ ބުނެފައެވެ.


އެމިނިސްޓްރީން ބުނީ މިއީ ރެޒިޑެންޝަލް ޓޫރިޒަމަށް ފޯކަސް ކޮށްގެން ކުރާ ކަމެއް ކަމަށާއި، ބޭރު މީހުންގެ އިތުރުން ދިވެހިންނަށް ވެސް ރިސޯޓެއްގެ ކޮޓަރި ދިގު މުއްދަތަށް ނެގުމުގެ ފުރުސަތު މި ގަވާއިދުގެ ދަށުން ލިބިގެންދާނެ ކަމަށެވެ.

ނަމަވެސް މި ގަވައިދުގައިވާ ގޮތުން ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ނިންމާފައިވާ ވިލާ ނުވަތަ ކޮޓަރ،ި ކުއްޔަށް ދިނުމުގެ ކުރިނ،ް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ. އަދި މި އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ތަނެއް ރަޖިސްޓަރީ ކުރުމުގެ ފީއެއްގެ ގޮތުގައި އެ ތަން ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތުން 5،000ރ. ގެ ފީއެއް މީރާއަށް ދައްކަން ޖެހޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި މި އުސޫލުގެ ދަށުން ވިލާ ކުއްޔަށް ނަގާ ފަރާތްތަކަށް އެވިލާއެއް ނިސްބަތްވާ ރިސޯޓަށް ބޭނުން އިރަކު އަރާ ފޭބުމުގެ ހުއްދަ އޮންނާނެ އެވެ. އެހެންނަމަވެސް، މިގޮތަށް ކުއްޔަށް ނަގާ ފަރާތްތަކަށް އެތަން ސަބްލީޒް ކުރުމުގެ ބާރެއް ނޯންނާނެ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ މި އުސޫލާ ހިލާފަށް ކޮޓަރިތައް ކުއްޔަށްދޭ ނަމަ ފުރަތަމަ ފަހަރު 25،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ދެވަނަ ފަހަރު 50،000ރ. އިން، ދެ ފަހަރަށް ވުރެ ގިނައިން ނަމަ، އެއް ލައްކަ ރުފިޔާ އިން ކުއްޔަށް ދޭ ފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ