Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޫރިމަނާ

އިންތިހާބާ ދިމާކޮށް ޕާކިން ޖޫރިމަނާތައް މާފުކޮށްފި

ރިޔާސީ އިންތިހާބާ ދިމާކޮށް ޕާކިން ސްޓިކާތަކުގެ ޖޫރިމަނާ މާފުކޮށްދިނުމަށް ރައީސް އިބްރާހީމް ނިންމަވައިފިއެވެ.

ޕާކު ކުރާނެތަނެއް ނުދައްކައި ޖޫރިމަނާ ނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް 2018 ވަނަ އަހަރުވައުދުވިއެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް, ޕާކު ކުރާތަނެއް ނުދައްކައި, ކޮންމެ އަހަރަކުވެސް އެތައް މިލިއަން ރުފިޔާއިން ގިނަ ފަރާތްތަކެއް ސަރުކާރުން ދިޔައީ ޖޫރިމަނާ ކުރަމުންނެވެ.

ސަރުކާރުން ބުނެފައިވަނީ ޖޫރިމަނާތައް މާފުކޮށްފައިވަނީ މިކަން މިގޮތަށް ހިނގަމުންދާކަން ރައީސް އިބްރާހީމަށް މިހާރު ގަބޫލުފުޅު ކުރެވޭތީ ރައްޔިތުންނަށް ލުއި ގޮތެއް ހޯދާ ދިނުމަށް ކަމަށެވެ.

ރައީސް އިބްރާހީމް މިހެން ނިންމެވި އިރު, އިދިކޮޅު ކެންޑިޑޭޓު ޑރ.މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެން ހުރިހާ ޖޫރިމަނާއެއް ވަގުތުން މާފު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިންތިހާބާ ދިމާކޮށް ރައީސް އިބްރާހީމް މިފަދަ ގިނަ ކަންތައްތައް ކުރައްވަމުންނެވެ. މިގޮތުން ޖަލުގައި ތިބި ނުރައްކާތެރި ކުށްވެރިން ދޫކުރުމާއި, މާލެ ސަރަހައްދުން ހިލޭ ގޯތި ބެހުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބެހުން ހިމެނެއެވެ.

މި ލިއުމާއި ގުޅޭ