Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިން 3،000 ވަގުތީ ވަޒީފާ އުފައްދަން ބަޖެޓު ހަމަޖައްސަން ފިނޭންސަށް އަންގައިފި

ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް، ފެނަކައިން 3،000 ވަގުތީ ވަޒީފާ އުފައްދަން ބޭނުންވާ ބަޖެޓު ހަމަޖައްސަން ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ފިނޭންސް މިނިސްޓްރީއަށް މިދިޔަ މަހު 23 ގައި ފޮނުވި ސިޓީ "ދިޔަރެސް" އަށް ވަނީ ލިބިފަ އެވެ.
އެ ސިޓީގައި ވަނީ މިހިނގާ ސެޕްޓެމްބަރު މަސް ފެށުމުގެ ކުރިން 432 މިލިއަން ރުފިޔާ ފެނަކައަށް ހާއްސަ ބަޖެޓުގެ ތެރެއިން ދޫކޮށްދިނުމަށް އެދިފަ އެވެ.
"އަދި މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން މުޅި ދިވެހިރާއްޖޭގެ އާބާދީއަށް ބެހިގެންދާ ގޮތަށް ތިން މަސްދުވަހުގެ މުއްދަތަށް 3،000 ވަގުތީ މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަށް ވެސް ދަންނަވަމެވެ،" ސިޓީގައި ބުނެފައިވެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، މިއަދަށް ސުންގަޑި ހަމަވާ ގޮތަށް މިދިޔަ ހޮނިހިރު ދުވަހު ސްޓެލްކޯއިން ވެސް ވަނީ ގިނަ ވަޒީފާތަކަކަށް މީހުން ހޯދަން އިއުލާންކޮށްފަ އެވެ.
ކުރިމަތި ލުމުގެ ސުންގަޑި ދެ ދުވަހުން ހަމަވާ ގޮތަށް ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ހުޅުވާލިއިރު، މީގެ ކުރިންވެސް ބޭއްވި އެކި އިންތިހާބުތަކާ ދިމާކޮށް ސްޓެލްކޯއާއި ފެނަކައިން ހިދުމަތް ދެމުންދާ ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދީފައިވެ އެވެ.
އެގޮތަށް ވަޒީފާތައް އުފައްދަމުން އަންނަނީ ސަރުކާރަށް ތާއީދު އިތުރު ކުރުމަށް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން މީގެ ކުރިންވެސް ސަރުކާރަށް އަމާޒުވެފައިވެ އެވެ.
މި ލިއުމާއި ގުޅޭ