Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޕީއެމް

އައިއޯއައިޖީގައި ދިވެހި ކުޅުންތެރިން ހޯދި ކާމިޔާބީއަށް ޕީޕީއެމް ޕީއެންސީގެ ތަހުނިޔާ!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ދިވެހި ކުޅުންތެރިން ހޯދި ކާމިޔާބީ ފާހަގަކޮށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެ ކުޅުންތެރިންނަށް ތަހުނިޔާ ކިޔައިފިއެވެ.

ޕީޕީއެމް ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 3 ވަނަ ދުވަހު މަޑަގަސްކަރައިގައި ނިމިގެން ދިޔަ އައިއޯއައިޖީގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީގެ އުފަލުގައި ދިވެހި ކުޅިވަރު އާއިލާއަށް ތަހުނިޔާ ކިޔާކަމަށެވެ.

އެގޮތުން އެކޯލިޝަންގެ ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމާއި، ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އާއި ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠީފް، އަދި ކޯލިޝަންގެ ލީޑަރޝިޕް، ސެނެޓް، ދާއިރާ ރައީސުން، ސްޓިއަރިން ކޮމިޓީ ތަކާއި އެންމެހާ ގުނަވަންތަކާއި އާންމު މެންބަރުންގެ ނަމުގައި އެ ކުޅުންތެރިންނަށް ތަހުނިޔާ ކިޔާފައިވެއެވެ.

ޕީޕީއެމް ޕީއެންސީގެ އެ ބަޔާނުގައި ވަނީ އެ މުބާރާތުގައި ވާދަކުރި ކުޅިވަރުތަކުން 5 ރަން މެޑަލްއާއެކު ޖުމްލަ 28 މެޑަލް ހޯދާފައިވަނީ، ވަރަށް ގިނަ ބައެއްގެ ވަރަށްވެސް ގިނަ ވަގުތާއި ބުރަ މަސައްކަތުންކަން އެކޯލިޝަނުން ޤަބޫލު ކުރާކަމަށް ބުނެފައެވެ.
އެހެންކަމުން ކުޅިވަރުތަކުން ޤައުމަށް ހޯއްދައިދިން ފުރިހަމަ ކާމިޔާބީގެ ފަހަތުގައި މަސައްކަތް ކުރި އެންމެހާ ފަރާތްތައް ހިމެނޭހެން ކުޅުންތެރިންނާއި ކޯޗުންނާއި ޓެކްނިކަލް ސްޓާފުން، އެސޯސިއޭޝަންތައް އަދި ބެލެނިވެރިންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބުރަ މަސައްކަތުގެ އަގު އެ ކޯލިޝަނުން ވަޒަންކުރާކަމަށް ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކޯލިޝަނުން ބުނީ އެ ކާމިޔާބީއަށް ވާސިލުވުމަށްޓަކައި ދިވެހި ކުޅުންތެރިންނަށް މަސައްކަތްކޮށްދީ ހިތްވަރުދީ އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށާއި ދިވެހި ކުޅިވަރަށް އިތުރު ތަރައްޤީއާއި ކުރިއެރުމަށް އެ ކޯލިޝަނުން އަބަދުވެސް އުންމީދު ކުރާކަމަށެވެ. އަދި ދިވެހި ކުޅިވަރަށް އިތުރު ތަރައްޤީއާއި ކުރިއެރުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއްގައި އެކޯލިޝަންގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ