Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޔާސީ އިންތިޚާބު

އިޔާޒުގެ ބައްޕަ ޑރ. މުއިއްޒަށް ތާއީދުކޮށްފި

މި ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ އެކްޓިވިސްޓް، ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފުގެ ބައްޕަ، ކަޅުބެ އަބްދުއްލަތީފު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް އެކަން ހާމަކޮށްފި އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ތާއީދުކުރާ ކެންޑިޑޭޓާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އިންތިހާބުގައި ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ގައުމު ސަލާމަތް ކުރަން ނިންމި ނިންމުމެކެވެ.
"އަޅުގަނޑު މިފަހަރު ރިޔާސީ އިންތިހާބުގައި ތާއީދު ކުރަނީ މުއިއްޒަށް. މުއިއްޒަށް ތާއީދުކުރަނީ ޔާމީނު ސަލާމާތް ކުރާކަށެއް ނޫން، ގައުމު ސަލާމަތް ކުރަން،" މުއިއްޒުގެ ވެރިކަމެއްގައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާތީ އަބްދުއްލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ތާއީދު ނުކުރަނީ ޝަރީއަތުގައި އެމަނިކުފާނުގެ މައްސަލަ އޮތުމުންނެވެ. އެ މައްސަލަތަކުން ބަރީއަތް ވުމުން ރައީސް ޔާމީނަށް ތާއީދު ކުރައްވަން ވެސް އޭނާ ހުންނެވީ ތައްޔާރަށެވެ.
ދެވަނަ ދައުރަކަށް ވާދަކުރައްވާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރާ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޒިނޭގެ ތުހުމަތު އެޅިފައި އޮތުމުންނެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު ނޭޅުމާއި، އިންޑިއާއަށް ގައުމުގެ މިނިވަންކަން ގެއްލޭތީ އެވެ.
އެކަމަކު އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، މުއިއްޒުގެ ފަރާތުން "އެފަދަ ގޯސް" އެއްވެސް ކަމެއް އަދި ފެނިފައި ނުވާ ކަމަށް އަބްދުއްލަތީފް ވިދާޅުވި އެވެ.
"އިބޫ ސޯލިހަށްވެސް ތާއީދު ނުކުރެވެނީ އަޅުގަނޑަށް އެކަހަލަ މައްސަލައެއް އޮތީމައޭ، ޝަރުއީ މައްސަލައެއް އޮތީމަ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަމަ ފާޅުގައި އެތައް ބައެއްގެ ތެރޭގައި ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހު، މިހާރުގެ ރައީސް އެ ހުންނެވީ ޒިނޭ ކުރައްވައިގެންނޭ. އިބްރާހީމް މުހައްމަދު ސޯލިހަކަށް އަދިއަކު އެއަކުން ބަރީއައެއް ނުވެވޭ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހަކަށް އަދި މިފަހަރު [އިންތިހާބަށް] ކުރިމައްޗެއް ނުވެސް ލެއްވޭނެ އެ ތުހުމަތުތަކުން ބަރީއަ ނުވެއެއް."
އިޔާޒުގެ ބައްޕަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމެވި އިރު، އިޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރާ ފަރާތެކެވެ.
މި ލިއުމާއި ގުޅޭ