Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރާކުނު

ތުރާކުނުގައި އަޅާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުން ދެވަނަ ފަހަރަށް ފާހަގަކޮށްފި

ހއ. ތުރާކުނުގައި މި ސަރުކާރުން އިމާރާތް ކުރަން ނިންމި އާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ދެވަނަ ފަހަރަށް ބާއްވައިފި އެވެ.

އެރަށުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާއި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ވެސް އެ ހަބަރު އެދުވަހު ރިޕޯޓުކޮށްފައި އެބަހުއްޓެވެ.
މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ގޮތުގައި މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އޮކްޓޯބަރު 7، 2022 ގައި ތުރާކުނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި ރައްޔިތުންގެ މަޖްލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.
ތުރާކުނުގައި އަޅާ އާ މިސްކިތުގެ އަމަލީ މަސައްކަތް އޮކްޓޯބަރު 7، 2022 ގައި ފެށުން
އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން، އެ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ތުރާކުނުގައި މިއަދު އަނެއްކާވެސް ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ރިޔާސީ އިންތިހާބަށް ތިން ދުވަހަށް ވެފައި ވަނިކޮށް، އެމްޓީސީސީއާ މަސައްކަތް ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވި އެރަށުގެ މިސްކިތާއި ބިން ހިއްކުމުގެ މަޝްރޫއު އެއްކޮށެވެ.
ސަރުކާރުގެ މަޝްރޫއުތަކުގެ އަޕްޑޭޓް ހުންނަ 'އައިލްސް' ވެބްސައިޓުގައި ވާގޮތުން މިސްކިތް އިމާރާތް ކުރުމުގެ އެ މަޝްރޫއަކީ މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމަން ތާވަލްކޮށްފައި އޮތް މަޝްރޫއެއްވެސްމެ އެވެ.
ތިން ސަތޭކަ މީހުންގެ ޖާގައިގެ އެ މިސްކިތް 300 އިމާރާތްކުރުމަށް މިދިޔަ އަހަރު ހަވާލުކުރީ މައިކްރޯން ޕްރިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް، 10.6 މިލިއަން ރުފިޔާއަށެވެ. 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރީ މާޗު 23، 2022 ގަ އެވެ.
މި ލިއުމާއި ގުޅޭ