Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓީމް

ރައީސަށް ތާއީދުކުރަން ޓީމްގެ ޖެނެރަލް ސެކްރެޓަރީ 6 މިލިއަން ރުފިޔާ ނެގި

ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތްކުރަން އުފައްދާފައިވާ ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރާކަން ހާމަކޮށް ބަޔާނެއް ނެރުމަށް އެ ޖަމްއިއްޔާގެ ޖެނެރަލް ސެކްރެޓަރީ މައުރޫފު ޒާކިރު 6 މިލިއަން ރުފިޔާ ނަގައިފިއެވެ.

ޓީމްގެ ފަރާތުން ރައީސް އިބްރާހީމަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރާކަން ހާމަކޮށް ބަޔާނެއް ނެރުމާ ގުޅިގެން އެ ދާއިރާގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުން އަންނަނީ އެ ޖަމްއިއްޔާ ސިޔާސީވެފައިވާކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

އަދި ޓީމް ސިޔާސީ ނުފޫޒުން ސަލާމަތްކުރުމަށް ގޮވައިލާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އިސްނަގައިގެން އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ.

ޓީމުން ރައީސް އިބްރާހީމަށް ތާއީދުކުރަން ނިންމާފައިވާކަމަށް ބުނެ ބަޔާނެއް މި މަހުގެ 3 ވަނަ ދުވަހުގައި ނެރުނުއިރު އެ ބަޔާނުގައި ބުނެފައިވަނީ އެ ނިންމުމަކީ ޓީމުގެ ގިނަ މެންބަރުންނަށް ފެންނަ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ނަމަވެސް ޓީމުގެ މެންބަރުންގެ ތެރެއިން ވަރަށް ގިނަ މީހުން "ދިޔަރެސް"އަށް މައުލޫމާތު ދިން ގޮތުގައި އެ ނިންމުން ނިންމީ އެމީހުންނާ މަޝްވަރާކޮށްފައެއް ނޫނެވެ.

"ދިޔަރެސް"އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ އިސްވެރިޔަކު ވިދާޅުވީ ޓީމުން އެޕާޓީގެ ކެންޑިޑޭޓަށް ތާއީދުކުރާކަން ބަޔާންކޮށް ބަޔާނެއް ނެރެފައިވަނީ އެ ޖަމްއިއްޔާގެ ޖެނެރަލް ސެކްރެޓަރީ މައުރޫފު ޒާކިރެވެ. މައުރޫފު އެ ބަޔާން ނެރުނީ އޭނާއަށް އޭނާ އެދުނު އަދަދަށް ފައިސާ ދިނުމުންކަމަށްވެސް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

"މައުރޫފު ހޭންޑްލްކުރަނީ ޗެއާޕާސަން ފައްޔާޒް. ފައްޔާޒު ތުރޫކޮށް މައުރޫފަށް 6 މިލިއަން ރުފިޔާ ދިނީމައި، އޭނާ ޓީމްގެ ނަމުގައި ބަޔާން ނެރުނީ،" ނަން ސިއްރުކުރުން ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދެއްވި އެމްޑީޕީގެ އިސް އޮފިޝަލު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސަރުކާރުން އަޅާ އެކި ފިޔަވަޅުތައް ވަގުތުން ވަގުތަށް ޕްރޮމޯޓުކުރުމުގައި މައުރޫފު ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. މި ފަސް އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތުކުރުމަށްވުރެ ބޮޑަށް ޓީމް މެދުވެރިކޮށް އޭނާ ކޮށްފައިވާ މަސައްކަތަކީ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދިނުމެވެ.

އެގޮތުން ޓީޖީއެސްޓީ ކުއްލިއަކަށް އެކަށީގެންވާ ވަގުތެއް ނުދީ ބޮޑުކުރުމުން ފަތުރުވެރިކަމުގެ ސިނާއަތަށް އަތުވެދާނެ ލޮޅުމެއްގެ ވާހަކަ އެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރުމުން، ޓެކުސް ބޮޑުކުރަން ސަރުކާރުން ގެންގުޅުނު ވިސްނުން ދިފާއުކޮށް ޓީމުން ބަޔާންތައް ނެރެފައިވެއެވެ. އެއީވެސް ފައްޔާޒު އަންގަވައިގެން މައުރޫފު ކުރިކަމެއް ކަމަށް "ދިޔަރެސް"އަށް މައުލޫމާތު ދިން އެމްޑީޕީގެ އޮފިޝަލު ވިދާޅުވިއެވެ.

މި މައްސަލަތައް ފާހަގަކުރެވި ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން މިހާރު ސޮއިކުރަމުންދާ ޕެޓިޝަނުގައި ގޮވާލާފައިވަނީ ޓީމްއާއި އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީ އިސްލާހުކުރުމަށެވެ.

މި ލިއުމާއި ގުޅޭ