Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޕީއެލް

އިންތިޚާބާ ދިމާކޮށް އެމްޕީއެލްގެ މުވައްޒަފުންނަށް 3000 ރުފިޔާގެ ބޯނަސްއެއްދީފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ހަތަރު ދުވަހަށް ވެފައިވަނިކޮށް އެމްޕީއެލްގެ މުވައްޒަފުންނަށް 3000 ރުފިޔާގެ ބޯނަސްއެއްދީފިއެވެ.

މިސަރުކާރު އައިފަހުން އަހަރީ ބޯނަސްގެ ގޮތުގައި އެމްޕީއެލް އިން ދެމުން ގެންދިޔައީ 500ރ އާއި 900ރ އާ ދެމެދުގެ އަދަދެކެވެ. ނަމަވެސް މިފަހަރު އިންތިޚާބާ ދިމާކޮށް ކޮންމެ މުވައްޒަފަކަށް 3000ރ ގެ އަހަރީ ބޯނަސް އެއް ވަނީ ދީފައެވެ.

އެމްޕީއެލްއިން "ދިޔަރެސް" އާ ވާހަކަ ދެއްކި މުވައްޒަފަކު ބުނީ މިފަހަރު ކުއްލިއަކަށް އަހަރީ ބޯނަސް މިހާ ބޮޑުވެގެން ދިޔުމުން މުވައްޒަފުން ތިބީ ހައިރާން ވެފައި ކަމަށެވެ.

އަދި އެމުވައްޒަފު ކިޔައިދިން ގޮތުގައި އެމްޕީއެލްގައި ވަޒީފާގެ ކުރިއެރުން ލިބެނީ އެތަނުގެ މެނޭޖްމަންޓުން ބޭނުންވާ ވަކި ބަޔަކަށެވެ. އެގޮތުން ވަޒީފާގެ ކުރިއެރުން އާންމުކޮށް ލިބޭ މީހުންނަށް އަހަރަކު ހަތަރު ފަހަރުވެސް ލިބިފައި އެބަހުއްޓެވެ.

މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމުން ކިތަންމެ މަތިން މާކްސް ލިބުނު ކަމުގައިވީނަމަވެސް ދެ އަހަރު ނުވަތަ ތިން އަހަރު ނިމިގެން ދިޔައިރުވެސް ބައެއް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައި ނުވާ ކަމަށް ވެސް އެމުވައްޒަފު ކިޔައިދިނެވެ.

އިންތިޚާބާ ދިމާކޮށް ސަރުކާރުން އަންނަނީ ސަރުކާރު ކުންފުނިތަކުގެ ބޭނުންކޮށް އިންތިޚާބަށް އެކި ގޮތް ގޮތުން ނުފޫޒު ފޯރުވަމުންނެވެ.

އެގޮތުން ސްޓެލްކޯއިން އިއްޔެ ވަނީ ގިނަ އަދަދެއްގެ ވަޒީފާ ކުއްލި ގޮތަކަށް އިއުލާނުކޮށްފައެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ ސަރުކާރު ކުންފުނިތައް ބޭނުންކޮށްގެން ކޮރަޕްޝަން ހިންގަމުން ގެންދާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

މި ލިއުމާއި ގުޅޭ