Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓީމް

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ޖަމިއްޔާ ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރަނީ

ޓުއަރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްޤުތައް ހިމާޔަތްކުރަން އުފެއްދި ޖަމިއްޔާއެއް ކަމަށްވާ ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން (ޓީމް) ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަށް އެ ދާއިރާގެ މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

އޮންލައިކޮށް ސޮއިކުރަމުންދާ މި ޕެޓިޝަނުގައި މި ލިންކުން ފެންނާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް މުވައްޒަފުން މައުލޫމާތު ދިން ގޮތުގައި މިފަދަ ޕެޓިޝަނެއް ހަދަން ޖެހުނީ ޓީމް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒުގައި ޖެހި, މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށްވުރެ ބޮޑަށް ސަރުކާރުގެ މަސްލަހަތުތައް ހިމާޔަތްކުރަން މަސައްކަތް ކުރަމުންދާތީއެވެ.

ޓީމް އިން ވަނީ ދާދިފަހުން ރަޢީސް އިބްރާހީމަށް ތާއީދުކުރަން ނިންމާ އެކަން އިއުލާންކޮށްފައެވެ. އަދި އެއީ މުޅި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ދެކޭގޮތް ކަމަށް ދައްކަން ސަރުކާރުންވެސް އަންނަނީ މިިހާރު މަސައްކަތް ކުރަމުންނެވެ.

"މަސައްކަތްތެރިންގެ ހައްޤު ހޯދަން އުފެއްދި ޖަމިއްޔާއެއް. ކިހިނެއް ކުއްލިއަކަށް ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރެވެނީ. އެތައް ކަމެއް އެބަހުރި ރަނގަޅުކުރަންޖެހޭ" ދިޔަރެސް އާއި ވާހަކަ ދެއްކި ރިސޯޓު މުވައްޒަފަކު ބުންޏެވެ.

މިހާރު ސޮއިކުރަމުންދާ ޕެޓިޝަނުގައި ގޮވާލަނީ ޓީމްއާއި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީ ރިފޯމްކުރުމަށެވެ.

މި ލިއުމާއި ގުޅޭ