Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ޒުވާނުން ބިކަ ކޮށްލި ކަމުގެ ޝަކުވާ އާއި އެކު އެމްޑީޕީ ގަމު ކައުންސިލް ނައިބް ރައީސް ޕީޕީއެމްއަށް

ބާރަ އަހަރު ޚިދުމަތް ކުރުމަށްފަހު އެމްޑީޕީން ޕާޓީގެ އަސާސްތައް ދޫކޮށްލައި، ޒުވާނުން ބިކަކޮށް، ވެފައިވާ ވައުދުތައް ނުފުއްދޭކަމަށް ވިދާޅުވެ ލ.ގަމު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އާސިފް (އައްޑޮ) ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާާބަށް ކެމްޕެއިން ކުރެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުންދާ ދަތުރުތަކުގެ ތެރެއިން ރޭ ލ އަތޮޅު ގަމުގައި ބޭއްވި ބޮޑު ޖަލްސާގައި އަބްދުﷲ އާސިފް ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަޅުގަނޑު މި ޕްލެޓްފޯމުގައި މިހެން ވާހަކަ ދައްކަން ހުރުމުގެ މައިގަނޑު 3 ސަބަބެއްވޭ، އެއީ ޒުވާނުން ބާރުވެރި ނުކުރުވީމަ، އަދި މިރަށަށް ވެފައިހުރި ވައުދުތައް، އިންތިހާ އަށް ވެފައިހުރި ވައުދުތައް، އަޅުގަނޑުމެންގެ ލޮލުގައި އެޅުވި އަދުން، ދެއްކި ހުވަފެން ހަގީގަތަކަށް ނުހެދުނީމަ، ދެން އޮތް ކަމަކީ ޕާޓީގެ އަސާސްތަކާއި ހިލާފުވެ ވެރިކަން ހިންގާ ބީދަ މުޅިން ތަފާތުވީމަ
އަބްދުﷲ އާސިފް (އައްޑޮ)

ޒުވާނުންނަށް ވަޒީފާގެ ބިރުނުދައްކާނެކަމަށް މި ސަކުރާރުން ބުނި ނަމަވެސް ވަޒީފާގެ ބިރު އިންތިހާއަށް އެބައޮތް ކަމަށް އާސިފް ވިދާޅުވިއެވެ. ވޭތުވެ ދިޔަ ތިން އަހަރު ބަޖެޓުގައި ލ. ގަމުގައި 600 ހައުސިން ޔުނިޓު އަޅަން އިން ނަމަވެސް ލިބުނީ 100 ޔުނިޓް ކަމަށް އާސިފް ވިދާޅުވިއެވެ. އެ ކަމަކީ އަތްޖަހަން ޖެހޭ ކަމެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއީ ހައްގު މިންވަރު ނޫންކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިންނަށް ހަމައަގު ނުލިބޭކަމަށާއި، ގަންނަން ވެސް އައިސްކޮޅެއް ނުލިބޭ ކަމަށާއި، ތެލުގެ އަގު އިންތިހާއަށް ބޮޑުވެ "ނަހަމަ އަގު" ވެސް ނުލިބި ކަނޑަށް އުކާލަންޖެހިފައި ވާކަމަށް އާސިފް ވިދާޅުވިއެވެ.

ސިޔާސީ ފިކުރަށް އައި ބަދަލަކުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް އެއްވެސް ތަފާތެއް ނާންނާނެކަމަށާއި ފިކުރަކަށް، ކުލައަކަށް، ޖިންސަކަށް ބެލުމެއްނެތި ހަމަހަމަކަންމަތީ ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ ޔަގީން ކަން އާސިފް ދެއްވިއެވެ.

ރޭ ގަމުގައި ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ އިދިކޮޅު ކޯލިޝަނާއި ގުޅިފައެވެ.

މި ލިއުމާއި ގުޅޭ