Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓައިވާން

ޓައިވާންގެ އެކި ހިސާބުތަކަށް ތޫފާން ހައިކުއީ ފެތުރި، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ޓައިވާނަށް އިއްޔެ އެރި ބާރުގަދަ ތޫފާން ހައިކުއީ ، އެ ގައުމުގެ މެދުތެރޭގެ ފަރުބަދަތަކުގެ އެކި ސަރަހައްދުތަކުގައި ފެތުރިގެން ދިއުމާއި ގުޅިގެން ގަސްތައް ވެއްޓުމާއި، ފެންބޮޑުވުމާއި، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ.

ހުޅަނގު ދެކުނު ކައޮހްސިއުންގ އަށް މިއަދު ހެނދުނު ދެވަނަ ފަހަރަށް އެރި ތޫފާން ވަނީ ކޮންމެވެސް ވަރަކަށް މައިތިރިވެފައި ކަމަށް އެގައުމުގެ ނޫސްތަކާ ހަވާލާދީ އޭޕީނިއުސްއިން ބުނެއެވެ.

މީހަކު މަރުވި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވި ނަމަވެސް، އޭގެ ކުރީ ދުވަހު ތޫފާނުގެ އަސަރު ސީދާ ކުރި އިރުމަތީ ޓައިވާނުގެ ފަރުބަދަމަތީ ކައުންޓީއެއް ކަމަށްވާ އައްސޭރިފަށުގެ ޓައިޓުންގް އަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފަ އެވެ.

"އަހަރެން މިތަނުގައި އުޅޭތާ އެތައް ދުވަސްވެއްޖެ، ދުވަހަކުވެސް މިހާ ވައި ގަދަވާތަން ނުދެކެން،" ޓައިޓުންގްގެ ޑޮންގޭ ޓައުންޝިޕްގެ ވިލެޖް ޗީފް ޗެން ހައި-ފެންގް، 55އ، ކިޔައިދިނެވެ.

ހައިކުއި އަކީ ކުރިން އައި ތޫފާންތަކަށް ވުރެ ބާރުގަދަ ތޫފާނެއް ކަމަށް ބެލެވުނު ނަމަވެސް ޗެން ބުނީ އެ ތޫފާން މާ ބާރުގަދަ ކަމަށް އިހުސާސް ކުރެވޭ ކަމަށެވެ.
ޓައިވާނަށް ފުރަތަމަ އެރި ތޫފާން ހައިކުއީ އާދީއްތަ ދުވަހު އެރުމުގެ ކުރިން، އެ ރަށުގެ އެކި ސަރަހައްދުތަކުން، ހާއްސަކޮށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު ބޮޑު ފަރުބަދަމަތީ ސަރަހައްދުތަކުން އެތައް ހާސް ބަޔަކު ހުސްކޮށްފައިވާއިރު، އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކޮށް، ވިޔަފާރިތައް ވަނީ ބަންދުކޮށްފަ އެވެ.
އެތައް ހާސް ގޭބިސީއަކުން ވަގުތީ ގޮތުން ކަރަންޓު ކެނޑުނު ނަމަވެސް ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގޭބިސީތަކަށް ރޭގަނޑުގެ ވަގުތާ ހަމައަށް އަލުން ކަރަންޓު ދޭން ފެށިއެވެ.
ޓައިވާންގެ ސެންޓްރަލް ވެދަރ ބިއުރޯގެ ފޯކާސްޓަރަކު ވިދާޅުވީ ހައިކުއި އެންމެ ފުރަތަމަ ފެނުނީ އެ ރަށުން ފެށިގެން ކަނޑާދިމާއަށް ދަތުރު ކުރަނިކޮށް ކަމަށާއި ނަމަވެސް ހުޅަނގު ދެކުނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ކައޮހްސިއުންގއަށް ދެވަނަ ފަހަރަށް އެރި ކަމަށް ބެލެވެނީ އާދީއްތަ ދުވަހުގެ ފަތިހު 4:00 އެހާކަންހާއިރު ކަމަށެވެ.
ކައޮހްސިއުންގްގެ މަގުތަކުގައި ފެންބޮޑުވެ، ވެއްޓިފައިވާ ގަސްތައް މަގުތަކުގައި ފެތުރިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ހައިކުއި މިހާރު އަވަށްޓެރި ޓައިނާން އާ ގާތްވެފައިވާއިރު، ދެކުނު އަދި އިރުއުތުރުގެ ރަށްތަކަށް ވައިގަދަވެ ވިއްސާރަކުރާނެ ކަމަށާއި، ޓައިވާނުގެ ބޭރުގެ ރަށްތައް ކަމަށްވާ ކިންމެން އާއި ޕެންގޫ އަށްވެސް މިތޫފާނުގެ އަސަރު ކުރާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މި ލިއުމާއި ގުޅޭ