Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢިރާޤު

ބަޣުދާދުގެ އުތުރުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 މީހުން މަރުވެއްޖެ

އިރާގުގެ ވެރިރަށް ބަޣުދާދުގެ އުތުރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ އީރާނުގެ ހައްޖުވެރިން ކަމަށް އިރާގުގެ ރަސްމީ ނޫސް އެޖެންސީ އައިއެންއޭ އިން ބުނެފި އެވެ.
ދުޖައިލް އާއި ސަމަރާއާ ދެމެދު ހިނގި "ނުރައްކާތެރި އެކްސިޑެންޓް" ގައި ވެސް 13 މީހުން ޒަހަމްވި ކަމަށް ސަލާހް އަލް ދީން ޕްރޮވިންސްގެ ޑައިރެކްޓާ އޮފް ހެލްތު ސާވިސަސް ޚާލިދު ބުރުހާން މަރުވި މީހުންނާ ހަވާލާދީ އައިއެންއޭ އިން ބުންޏެވެ.
މީގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން، ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު، ބަޣުދާދުގެ ދެކުނުގައި އޮންނަ ބާބިލް ޕްރޮވިންސްގައި އީރާނުގެ ޝިއާ ހައްޖުވެރިންނާއި އެމީހުންގެ ލޯކަލް ޑްރައިވަރުގެ މިނީބަސް ޓްރަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މަރުވި ކަމަށް އޭރު ސިއްހީ އޮފިޝަލަކު ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ދީނީ އެއްވުން ކަމަށްވާ އަރްބައީން އަށް ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ޝީއާ ހައްޖުވެރިން، އެއްވާޢިރު، އޭގެ ތެރޭގައި ގިނައީ އީރާނަށް ނިސްބަތްވާ މީހުންނެވެ.
އިރާގުގެ ދާޚިލީ ވުޒާރާއިން ހުކުރު ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު އަރްބައިން ފެށުނު ފަހުން މިހާތަނަށް 2.6 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން ވަނީ އިރާގަށް އުދުހިފައެވެ.
މަގުމަތީގެ އެކްސިޑެންޓްތަކަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 6-7 އަށް ނިމޭ އަރްބައީންއާ އެކު ތަކުރާރުވާ އެކްސިޑެންޓެކެވެ.
މިދިޔަ އަހަރު އިރާގުގައި ހިނގި އެކްސިޑެންޓްތަކުގައި 4،900 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 13 މީހުން މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މި ލިއުމާއި ގުޅޭ