Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

"ވާނުވާ ބަންދު އުވާލާނަން، ގޮތެއް ނުނިންމާ ބަންދުގައި ބެހެއްޓޭނީ 48 ގަޑިއިރު"

އިދިކޮޅު ޕީޕޯއެމް/ޕީއެންސީގެ ވެރިކަމެއްގައި ޝަރުއީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ވާނުވާ ބަންދު އުވާލާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ތ. ތިމަރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ވާނުވާ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް ބަންދުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން ކަމަށެވެ.
ސަރުކާރުން އެފަދަ ކަންކަން ކުރިއަށްގެންދަނީ ބޭއިންސާފުންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޝަރުއީ ނިޒާމަށް ގެންނަން އިސްލާހުތަކުގެ ތެރެއިން ވާނުވާ ބަންދު އުވާލާނެ ކަމަށެވެ.
ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށް، އެނާގޭ ވެރިކަމެއްގައި މީހަކާމެދު ގޮތެއް ނުނިންމައި ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މާނައަކީ އެންމެ ގިނަވެގެންވެެސް 48 ގަޑިއިރު ބެހެއްޓޭނީވެސް އެއްވެސް މީހަކު، މި ދެންނެވި ގޮތަށް އިސްލާހު ކުރެވުނީމަ، އެއްވެސް މީހަކާއި ދޭތެރޭގައި ގޮތެއް ނުނިންމާ." ޝަރުއީ ނިޒާމަށް ގެންނާނެ އިސްލާހުތައް ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
މިގޮތަށް މިރަށުގައި މިހާލަތު [ވާނުވާ ބަންދު] ދިމާވެފައިވާ ތިބި ކުދިންގެ ކަންތައް ބަލައިދޭނން ވެރިކަން ލިބޭތާ ކުރީކޮޅު. ބަލާފަ އިންސާފުވެރިކަމާ އެކީގަ، އެ ކުދިންނަކީ އެއްވެސް ކަހަލަ ކުށެއް ނެތް ކުދިން ކަމަށް މައުލޫމާތު ލިބެނީ، އެކަން ބަލާފަ އިންސާފުވެރިކަމާއެކު އެންމެ ރަނގަޅަށް އެކަން ހައްލުކޮށްދީ ނިމުމަކަށް ގެނެސްދޭނަން."
މިދިޔަ ހަފްތާގައި ރ. ދުވާފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒު ވަނީ ޖަލުތަކުގައި ހައްގު ނޫން އަދަބު ލިބޭ މީހުންނަށް އޭގެ ބަދަލު ލިބޭނެ ގާނޫނެއް އެކުލަވާލަން ވެސް ވައުދުވެލައްވާފަ އެވެ.
ހައްގު ނޫން ގޮތުގައި ޖަލުގައި އަދަބު ލިބޭ މީހުންނަށް އޭގެ ބަދަލު ލިބޭނެ ގާނޫނެއް މިހާރު ރާއްޖޭގައި ނެތްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެފަދަ މީހުންނަށް ބަދަލު ހޯދޭނެ ގާނޫނެއް ވެސް އެކުލަވާލާނެ ކަމަށެވެ.
އަދި އެއާއެކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާ ގޮތަށް ގައުމަށް ގައްދާރުވާ މީހުންނާއ، ޓްރީސަންއާ ދެކޮޅަށް ގާނޫނު ހަދައި، އެމީހުންނަށް އަދަބު ދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
މި ލިއުމާއި ގުޅޭ