Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

އިހްލާސްތެރިކަމެއް ހުރިނަމަ މިހާރު ވެސް ވިލިމާލޭގައި އުސްކޮށް އިމާރާތްކުރަން ހުއްދަ ދޭންވީ: އުޝާމް

މި ސަރުކާރުގައި އިހްލާސްތެރިކަމެއް ހުރި ނަމަ މިހާރުން މިހާރަށްވެސް ވިލިމާލޭގައި އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދޭންވީކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިޚާބީ އެޖެންޓު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ މާލެއެކޭ އެއްގޮތަށް ވިލިމާލޭގައި ވެސް އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދޭން، އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މާލެ ސަރަހައްދަށް ހުށަހަޅާ މެނިފެސްޓޯގައި ހިމެނުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވަނީ މިހާރު އެ ހުއްދަ ނުދެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

އަދި ވިލިމާލޭގެ ރައްޔިތުން އެކަމަށް އެދޭތާ އެތަކެއް އަހަރުތަކެއް ވެއްޖެކަމަށާއި އެ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އޭނާވެސް މިކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީއާ އެތަކެއް ފަހަރު ވާހަކަ ދައްކަވާފައިވާކަމަށް އުޝާމް ވިދާޅުވިއެވެ.
މެންބަރު އުޝާމް ވިދާޅުވީ އެކަމާއި ގުޅިގެން ސަރުކާރުން އަބަދުވެސް ދޭ ޖަވާބަކީ އެއީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ކަމަށެވެ.

އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރިނަމަ މިއަދުވެސް ވިލިމާލޭގައި އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދޭންވީ ކަމަށެވެ.

ވިލިމާލޭގައި އުސްކޮށް އިމްރާތް ކުރުމުގެ ހުއްދަ ދިނުމަށް މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާއިރު މިހާރު އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަ ބުރިއަށެވެ. މާލޭގައި އިމާރާތްތައް ނެގެނީ 25 ބުރިއާ ހަމައަށެވެ.

މި ލިއުމާއި ގުޅޭ