Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރު ކޮރެއާ

އުތުރު ކޮރެއާއިން ކްރޫޒް މިސައިލް ތަކެއް ޔެލޯ ސީއާ ދިމާލަށް ފޮނުވާލައިފި

އުތުރު ކޮރެއާއިން ކްރޫޒް މިސައިލް ތަކެއް ޔެލޯ ސީއާ ދިމާލަށް ފޮނުވާލައިފި ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނީ އުތުރު ކޮރެއާއިން ކޮރެއާ ޕެނިންސިއުލާގެ ހުޅަނގު އައްސޭރިފަށުން މޫދާ ދިމާލަށް ގިނަ ކްރޫޒް މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހުގެ ފަތިހު އުތުރު ކޮރެއާއިން މި ހަމަލާތައް ފޮނުވާލާފައިވަނީ އުތުރު ކޮރެއާއިން ދެކުނު ކޮރެއާގެ އަމާޒުތަކަށް ދިން "ނިއުކްލިއާ ހަމަލާއެއް"ގެ ގޮތުގައި ސިފަކޮށްފައިވާ އިރުމަތީ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދަށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ނެރުނު ބަޔާނެއްގައި ބުނީ ހޮނިހިރު ދުވަހު ކޮރެއާ ގަޑިން ފަތިހު 4:00 ހާއިރު ޔެލޯ ސީއާ ދިމާލަށް އެންމެ ފަހުން ފޮނުވާލި މިސައިލްގެ ތަފްސީލް ދެކުނު ކޮރެއާ އާއި އެމެރިކާގެ އިންޓެލިޖެންސް އޮތޯރިޓީން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ބުނި ގޮތުގައި އުތުރުކޮރެއާގެ އަމަލުތައް، ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން އަންނަނީ ވަރަށް ކައިރިން ބަލަމުންނެވެ.
ޔޮންހަޕް އާ ހަވާލާދީ ޖޮއިންޓް ޗީފްސް ވިދާޅުވި ގޮތުގައި އެމެރިކާގެ އަސްކަރިއްޔާ އިން ދަނީ ފުރިހަމަ ތައްޔާރީ ސިޔާސަތެއް ދަމަހައްޓަމުންނެވެ.
އުތުރު ކޮރެއާއިން ބުރާސްފަތި ދުވަހު ބުނީ ދެކުނު ކޮރެއާގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކަށާއި ވައިގެ ދަނޑުތަކަށް އަމާޒުކޮށް "ސްކޯޗް-އާތު" ނިއުކްލިއާ އެޓޭކް ސިނާރިއޯއެއްގައި ކުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.
ދެކުނު ކޮރެއާ އާއި އެމެރިކާ ސިފައިންނާ ދެމެދު 11 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އުލްޗީ ފްރީޑަމް ޝީލްޑް އަސްކަރީ ތަމްރީނުތަކަށް ރައްދު ދިނުމުގެ ގޮތުން އުތުރު ކޮރެއާއިން ޒަމާނުއްސުރެ ކުރަމުން އަންނަ ތަމްރީނުތަކަކީ ކުރިއަށް އޮތް ތަނުގައި ސޯލް އާއި ވޮޝިންޓަންގައި ދުޝްމަނުން އެ ގައުމުގެ ސަރަހައްދަށް އަރައިގަތުމުގެ ރިހާސަލްތަކެއް ކަމަށް ބެލެވެ އެވެ.
އެމެރިކާގެ ދުރު ރާސްތާގެ ބީ-1ބީ ސްޓްރެޓެޖިކް ބޮމްބާއެއް ކޮރެއަން ޕެނިންސިއުލާގެ މަތިން މިދިޔަ މަހު ޖައްވީ ރޮކެޓެއް ކަމަށް ބުނެ، ޕިޔޮންގްޔަންގް އިން އުދުއްސާލާފައިވަނީ އުތުރު ކޮރެއާގެ ފަސް މީހަކާއި އެއް ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ދެކުނު ކޮރެއާއިން އިއުލާނުކުރި ދުވަހު ހުކުރު ދުވަހު އެވެ.
އުތުރު ކޮރެއާއިން އެއްވެސް ރޭންޖެއްގެ ބެލިސްޓިކް މިސައިލް ތައް ފޮނުވާ ޓެސްޓްކުރުން މަނާކޮށް އދ.ގެ ގަރާރުތައް ފާސްކޮށްފައިވީ ނަމަވެސް، ޕިޔޮންގްޔަންގް އިން މިދިޔަ އަހަރު ހީވެސް ނުކުރާ ވަރަށް ގިނަ މިސައިލް ޓެސްޓްކޮށްފައިވާއިރު، މިއަހަރު އެހާ ގިނަ މިސައިލް ނުވަތަ އެއަށްވުރެ ގިނަ މިސައިލް ޓެސްޓްކުރަން ތައްޔާރުވެފައިވާ ކަމަށް ބެލެވެއެވެ.
މި ލިއުމާއި ގުޅޭ