Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ރާއްޖޭގެ 3 ސަރަހައްދެއްގައި ލެންގުއޭޖް ސްކޫލް ޤާއިމްކުރާނަން: ޑރ.މުއިއްޒު

ދިވެހިރާއްޖޭގެ 3 ސަރަހައްދެއްގައި ބޭރު ބަސް ދަސްކޮށްދޭ ސްކޫލްތަކެއް ޤާއިމް ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ލ.ފޮނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ.މުއިއްޒު ވިދާޅުވީ ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް މި އަންނަނީ އެކި ބަސް ބަހުން ވާހަކަ ދައްކާ މީހުން ކަމަށާއި އެމީހުންނަށް ހިދުމަތްކުރަން ވަރަށް ގިނަ ފަހަރު އެ ބަސް ބަހުން ވާހަކަ ދައްކާ ބިދޭސީންނަށް ވަޒީފާ ދޭން ޖެހޭ ކަމަށެވެ. އެކަމަކު ދިވެހިންނަށް ބޭރު ބަސްތައް ކިޔަވާ ދީގެން ދިވެހިން އެވަޒީފާތަކަށް ނެރުމަކީ އޭގެ ސަބަބުން ވަރަށް ގިނަ ފަސޭހަތައް ލިބިގެން ދާނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި އެކަން ހާސިލުކުރަން ރާއްޖޭގެ 3 ސަރަހައްދެއްގައި ލެންގުއޭޖް ސްކޫލްތަކެއް ޤާއިމް ކުރައްވާނެ ކަމަށާއި އޭގެ ތެރެއިން އެއް ސްކޫލް ޤާއިމް ކުރައްވާނީ ފޮނަދޫގައި ކަމަށް ވިދާޅުވިއެވެ. މިގޮތުން ފޮނަދޫ ގައި ޔުނިވަސިޓީގެ ކެމްޕަސްއެއް ޤާއިމް ކުރައްވާނެ ކަމަށާއި އެތަނުގައި ލެންގުއޭޖް ސްކޫލެއް ހުންނާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އަދި އޭގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާނެ އެކި ބަސްބަހުން ވާހަކަ ދައްކާ ދިވެހިން އުފެދިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

"ގުޅިލާމެހިފައިވާ ތަރައްޤީގެ ވިސްނުމަކުން ކަންކަން ކުރާނީ" މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި ޤާއިމްކުރައްވާނީ ހަމައެކަނި ޤައުމީ ޔުނިވަސިޓީގެ ކެމްޕަސްތަކެއް ނޫންކަމަށާއި އިސްލާމިކް ޔުނިވަސިޓީގެ ކެމްޕަސްތައްވެސް ޤާއިމް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި ޑރ.މުއިއްޒު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސޯޝަލް ހައުސިން ދެއްވާނެ ކަމަށް ވިދާޅުވެ މީގެކުރިން ވެލެއްވި ވައުދު އިތުރަށް ތަކުރާރުކުރައްވާފައެވެ. މިގޮތުން ފޮނަދޫގައި ތަރައްޤީކުރަން ގަސްތުކުރާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ތެރެއިން ބައެއް ކައިރި ހިސާބުތަކުގައި މަސައްކަތްކުރާ ރިސޯޓު މުވައްޒަފުންނަށް ހާއްސަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ސޯޝަލް ހައުސިންއަށް ބޭނުންވާ ބިން އެރަށުގައި ހިއްކަވަން ވައުދުވެވަޑައިގެންނެވިއެވެ.

ޑރ.މުއިއްޒު ވިދާޅުވި ގޮތުގައި މިހުރިހާ ކަމެއްގެ ދުރުރާސްތާ މަޤްސަދަކީ އާބާދީ އެއްފަސް ކުރުމެވެ. އަދި އެކަން ކުރާނީ މަޖުބޫރުން ނޫންކަމަށާއި ދެމެހެއްޓެނެވި ގޮތުގައި ގެނެވޭ ތަރައްޤީ އިން ކަމުގައި ވިދާޅުވިއެވެ. ޑރ.މުއިއްޒު ވަނީ އެކަން ހާސިލު ކުރުމަށް އެރަށަށް ހާއްސަކޮށް ކުރަން ރާއްވަވާފައިވާ ބައެއް ކަންކަންވެސް ރޭގެ ޖަލްސާގައި ހިއްސާކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ