Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިރިއުޅުމުގެ އަގު

ބާޒާރުގައި އާފަލާއި އޮރެންޖުގެ އަގު އުފުލިއްޖެ

ބާޒާރުގައި އާފަލާ އޮރެންޖުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

މާލެ ސިޓީގައި މޭވާ އާ ތަރުކާރީ ވިއްކާ ފިހާރަތަކުން އޮރެންޖެން މިހާރު ލިބެނީ އާންމުކޮށް 7 ރުފިޔާ އާ 11 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. އަދި އާފަލެއް 8 ރުފިޔާ އާއި 10 ރުފިޔާގެ އަގެއްގައެވެ.

ބާޒާރުގައި މި ބާވަތްތަކުގެ އަގު އުފުލިފައިވަނީ ކީއްވެ ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ސަރުކާރުން ފައިސާ ޗާޕުކުރަމުންދާތީ ރުފިޔާގެ އަގުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޭގެ ސަބަބުން ޑޮލަރު ގަންނަން ޖެހެނީ ބޮޑު އަގުގައެވެ. އަދި އެހެން ކަމުން ޖުމްލަ ގޮތެއްގައި ރާއްޖޭގެ ދިރިއުޅުމުގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މިތަކެތީގެ އަގު ބޮޑުވެފައިވާތީ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާފަލާ އޮރެންޖު ހިމެނެނީ ވަރަށް ގިނަ އަދަދެއްގެ ދިވެހިން އެންމެ ގިނައިން ބޭނުންކުރާ މޭވާތަކުގެ ތެރޭގައެވެ.

އާފަލާ އޮރެންޖުގެ އަގު ބޮޑުވެފައިވާއިރު މީގެ ކުރިން ސަރުކާރުން ވަނީ ކޮޗިން ފެރީގެ ސަބަބުން އާފަލާ އޮރެންޖު 2 ރުފިޔާއަށް ގަންނަން ލިބޭނެ ކަމަށްވެސް ބުނެފައެވެ. އެހެން ނަމަވެސް ކޮޗިން ފެރީ ނުހިންގިގެން ހުއްޓާލިއިރުވެސް އެ އަގަށް އާފަލާ އޮރެންޖު ނުލިބެއެވެ.

މި ލިއުމާއި ގުޅޭ