Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީޕީ ޖަލްސާއަށް އަތޮޅުތަކުން މާލެ ގެނައި މީހުން ބަނދަރުމަތި ފުރާލައިފި

މިރޭ މާލޭގެ ކާނިވާ ސަރަހައްދުގައި އެމްޑީޕީއިން ބާއްވަން ނިންމާފައިވާ ބޮޑު ޖަލްސާއަށް ރަށްރަށުން މީހުން އަންނަން ފަށައިފިއެވެ.

މާލެއިން އެޖަލްސާއަށް ފިނި ތަރުހީބެއް ލިބޭނެ ކަން ގަބޫލު ކުރެވޭތީ މިއަދު ހެނދުނުން ފެށިގެން އެކި ރަށްރަށުން ގިނަ އަދަދެއްގެ މީހުން ގެންނަމުންދާ ކަން ފާހަގަ ކުރެވެއެވެ.

އެތައް ސަތޭކަ މީހުން ރަށްރަށުން އައިސް މާލެ ފޭބިތަން "ދިޔަރެސް" ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

މީގެ އިތުރުން މާލޭގެ އެކި ގްރޫޕްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން ޖަލްސާއަށް ގެންދިޔުމުގެ މަސައްކަތް އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން ކޮންމެ ގްރޫޕަކަށް އެއް މިލިއަން ދޭން ހުށަހަޅާފައިވާއިރު، ބައެއް ގްރޫޕްތަކަށް އެޑްވާންކޮށް 5 ލައްކަ ދީފައިވެއެވެ.

އެމްޑީޕީއިން އެންމެ ފަހުން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއަށް ވެސް މީހުން ގެންނަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ