Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ރައީސް ޔާމީނާއި ޑރ. މުއިއްޒުއާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ޝިޔާމްގެ ރައްދު!

އިދިކޮޅު އިއްތިހާދުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާއި އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.

ޝިޔާމް މިފަދައިން ރައްދު ދީފައި މިވަނީ "އަދަދު" ނޫހުގެ އެތެރެފުށް ޕުރޮގުރާމުގައި ވާހަކަދައްކަވަމުން އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ވެރިކަން ކުރައްވާނީ ރައީސް ޔާމީނުގެ ބައިވެރިވުމެއް ނެތި ކަމަށް ދޭހަވާ މޭރުމަކުން ޑރ. މުއިއްޒު ވާހަކަ ދައްކަވާފައިވާކަމަށާއި އެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީނު މުއިއްޒުއަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާކަމަށް ބުނެ އެ ނޫހުގައި ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

އެކަމަށް ރައްދު ދައްވައި ޝިޔާމް ކުރެވި ޓްވީޓެއްގައި ވިދާޅުވީ ކިތައްމެ ވަރަކަށް ސަރުކާރުން ބޭނުންވެގެން ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން މާޔޫސްކުރަން މަސައްކަތްކުރިޔަސް އެކަމެއް ނުވާނެ ކަމަށެވެ.

އަދި ޕީޕީއެމް ޕީއެންސީން މަސައްކަތް ކުރާނީ ރައީސް ޔާމީނަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކުރާ އަނިޔާ ސެޕްޓެމްބަރު 9 ގައި ނިންމުމަށް ޑރ.މުއިއްޒު އިންތިޚާބުކޮށް ރައީސް ޔާމީން މިނިވަންކުރަން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ އެންމެހާ މެންބަރުންގެ މެދުގައި އޮތް ބަދަހިކަން ރޫޅާނުލެވޭނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ