Tuesday 17th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ހިންދޫންގެ ފާދިރީއަކާއެކު މާލޭގައި ކްލާސް ބާއްވާ މައްސަލާގައި ޑރ. ޖަމީލްގެ ކަންބޮޑުވުން!

ހިންދޫ ދީނުގެ "ގުރޫޖީއެއް" ބާއްވާ ދީނީ ހަރަކާތެއް މާލޭގެ ހޮޓަލެއްގައި ބާއްވަން ނިންމާފައިވާ މައްސަލާގައި ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ހިންދޫ ދީނުގެ "ގުރޫޖީއެއް" ބައިވެރިވާ ދީނީ ހަރަކާތެއް ދިވެހިރާއްޖޭގައި ކުރިއަށް ނުގެންދެވޭނެކަމަށާއި އެއީ ގާނޫނާ ޚިލާފު ކަމެއްކަމަށެވެ.

އެގޮތުން އެކަމަކީ ކަނޑައެޅިގެން ގާނޫނު އަސާސީގެ 10، 27 ވަނަ މާއްދާ އަދި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގާނޫނާއި ޚިލާފު ކަމެއްކަން ޑރ. ޖަމީލް ފާހަގަކުރައްވާފައިވެއެވެ.

މިކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވަނީ އެ ފާދިރީ މީހާއާ މެދު ފިޔަވަޅު އަޅާ އެކަން ހުއްޓުވަން ދިވެހި ފުލުހުންނަށް އިލްތިމާސްކޮށްފައެވެ. ޖަމީލް ވިދާޅުވިގޮތުގައި އެ ނޫންނަމަ ފުލުހުން އެކަމުގައި ޖަވާބުދާރީ ކުރެވޭނެއެވެ.

މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުލާސްތަކެއްގެ ސިފައިގައި ބާއްވާ އިވެންޓުގައި ހިންދޫ ދީނުގެ ތެރެއިން ކަންކަން ކިޔަވައިދެނީ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެކެވެ.

އެމްޑީޕީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފުގެ ހިއްސާ އޮންނަ އުނިމާ ގުރޭންޑުގައި އޮންނަ މި ކުލާސްތަކުގައި "ވަރުގަދަ ދަރުސްތަކާއެކު މައްސަލަތަކަށް" ހައްލުތައް ލިބިގެންދާނެ ކަމުގައި އެ ކުލާސްތައް އިޝްތިހާރުކޮށް ދައުރުކުރަމުން އަންނަ ޕޯސްޓަރުގައި ބުނެފައިވެއެވެ.
ވަކި ވަރަކަށް ޖާގަ ހުރުމާއެކު އެ ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ މީހުން މިހާރުއްސުރެއް އެ ކުލާހުން ޖާގަތައް ކަށަވަރުކުރުމަށްވެސް އެ ޕޯސްޓަރުގައި އިލްތިމާސްކޮށްފައިވެއެވެ.
މިއީ ރާއްޖޭގައި ހިންދޫ ދީން އުނގަންނައިދޭ ކުލާސްތަކެއް މިފަދައިން އާންމުކޮށް އިޝްތިހާރުކޮށްގެން ބާއްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިންޑިއާއާއެކު އުފެދިފައިވާ ގޮތް ނޭނގޭ ގުޅުމުގެ ސަބަބުން މިފަދަ ވަރަށް ގިނަ ނޭނގާނީ ކަންކަން ހިންގުމުގެ ފުރުސަތު އިންޑިއާ މީހުންނަށް ކުރިއަށްވުރެ ބޮޑަށް ފަހިވެފައިވެއެވެ.
ރައީސް އިބްރާހީމާއި އެމްޑީޕީއާ ގާތް ގުޅުމެއް އޮންނަ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއަކީ ހަރުކަށި ހިންދޫ ފިކުރުގެ ޕާޓީއެއްކަމަށްވާއިރު، ހިންދޫ ދީނާއި އެ ދީނުގެ ސަގާފަތު ބައިނަލްއަޤުވާމީ ފެންވަރެއްގައި ފެތުރުމަކީ އެ ޕާޓީގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު އެއް ބަހާއެވެ.
މި ލިއުމާއި ގުޅޭ