ސޯޝަލްމީޑިއާގައި އުރީދޫ މޯލްޑިވްސް ހެޑްކުއާޓާގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ހިއްސާކޮށްގެން އިންސްޓަ360 އެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫނ ހުޅުވާލާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ފެށޭ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އުރީދޫއިން ބުނިގޮތުގައި އެ މުއްދަތުގައި އެ ކުންފުނީގެ ހެޑްކުއާޓާގެ ފޮޓޯއެއް ނުވަތަ ވީޑިއޯ އެއް، ޓުވިޓާ، އިންސްޓަގްރާމް، ފޭސްބުކު ނުވަތަ ޓިކްޓޮކް ގައި ހިއްސާކޮށްގެން މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.
އެ ކުންފުނިން ބުނީ މި މުބާރާތަށް ސޯޝަލްމީޑިއާއަށް ދޫކޮށްލާ ފޮޓޯ ނުވަތަ ވީޑިއޯއަކީ އެމީހަކު އަމިއްލައަށް ނަގާފައިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި ކޮންމެ މީހަކަށްވެސް އެއް ފޮޓޯ ނުވަތަ ވީޑިއޯއަށްވުރެ ގިނައިންވެސް ލެވޭނެ ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް ފޮޓޯ ނުވަތަ ވީޑިއޯ ލާއިރު، އުރީދޫ މޯލްޑިވްސް ގެ ރަސްމީ އެކައުންޓް ޓެގް ކުރުމަށްފަހު "މަވެސް އުރީދޫ" ހޭޝްޓެގް ލިޔުމަށްފަހު ޕަބްލިކް ޕޯސްޓެއްގެ ގޮތުގައި ހިއްސާ ކުރަން ޖެހެއެވެ.
އުރީދޫން ބުނީ އެ މުބާރާތުގައި ބައިވެރިކުރާ ފޮޓޯ އާއި ވީޑިއޯތަކަށް ޖަޖު ކުރާނީކަމުގެ ތަޖުރިބާ ހުރި ފަރާތްތަކުން ކަމަށެވެ.
އަދި ޖަޖު ކުރާއިރު ބަލާނެ ކަންކަންވެސް އެ ކުންފުނިން ވަނީ ހިއްސާކޮށްފައެވެ.
އުރީދޫއިން ބުނީ މި މުބާރާތް ނިމުމުން ފޮޓޯ އަދި ވީޑިއޯގެ ކެޓަގަރީއިންވެސް ކޮންމެ ކެޓަގަރީ އަކުން އެންމެ ރަނގަޅު އެއްޗެއް ހޮވުމަށްފަހު އެފަރާތަކަށް އިނާމު ދޭނެކަމަށެވެ.