Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްރިކާ

ގެބޮންގައި އަސްކަރީ ބަޣާވާތެއް އިއުލާނުކޮށް، ރައީސް އަލީ ބޮންގޯ ހައްޔަރުކޮށްފި

ލިބްރެވިލް (އޮގަސްޓް 30) - އެފްރިކާގެ މެދުތެރޭ ހިސާބެއްގައި އޮންނަ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް ކަމުގައިވާ ގެބޮންގެ ސިފައިން އެގައުމަށް އަސްކަރީއިންގިލާބެއް ގެނެސް ރައީސް އަލީ ބޮންގޯ ހައްޔަރުކޮށްފިއެވެ.
ގެބޮންގެ އަސްކަރީ އޮފިސަރުން ބުދަ ދުވަހު ވެރިކަން އަތުލައި، ރައީސް އަލީ ބޮންގޯ ގޭ ބަންދުގައި ބަހައްޓައި، އާ ލީޑަރެއްގެ ނަން ކަނޑައެޅީ ސެންޓްރަލް އެފްރިކާ ސްޓޭޓްގެ އިންތިހާބީ އިދާރާއިން ބޮންގޯ ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވިކަން އިއުލާނު ކުރުމާ ގުޅިގެންނެވެ.
ބޮންގޯގައި އެންމެފަހުން ބޭއްވި އިންތިހާބުގެ ނަތީޖާ ބާތިލްކޮށް، ބޯޑަރު ބަންދުކޮށް، ދައުލަތުގެ މުއައްސަސާތައް އުވާލީ ކަން ޓީވީ މެދުވެރިކޮށް ބޮންގޯގެ އަސްކަރިއްޔާއިން އިއުލާންކުރީ ބޮންގޯ އާއިލާގެ ވެރިކަމުގެ ބައި ގަރުނަށް ވުރެ ދިގު ތާރީޚު އަދިވެސް އިތުރަށް ދަންމާލަން ތައްޔާރުވި ނުތަނަވަސް ވޯޓަކަށް ފަހު އެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ޖެނެރަލުން ބައްދަލުކޮށް ވެރިކަން ބަދަލުކުރުމުގައި އިސްކޮށް ހުންނަވާނީ ކޮން ބޭފުޅެއްތޯ މަޝްވަރާކޮށް ރިޔާސީ ގާޑުގެ ކުރީގެ ވެރިޔާ ޖެނެރަލް ބްރައިސް އޮލިގުއި އެންގުއޭމާ އައްޔަން ކުރަން އިއްތިފާގުން އެއްބަސްވި ކަމަށް ޓީވީ މެދުވެރިކޮށް ދެއްވި އެހެން ތަގުރީރެއްގައި ބުނެފައިވެ އެވެ.
ބޮންގޯ ވަނީ އޭނާ ދިރިއުޅުއްވާ ގޭގައި ބަންދުވެ ހުންނަވައި، ބޭރުގެ ބައިވެރިންނަށް ވީޑިއޯ ސްޓޭޓްމަންޓެއްގައި އިލްތިމާސް ކުރައްވައި، އޭނާއާއި އާއިލާގެ ފަރާތުން ވާހަކަ ދެއްކުމަށް އެދިވަޑައިގެންފަ އެވެ. ވީގޮތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ގެބޮންގެ ވެރިރަށް ލިބްރޭވިލްގެ މަގުތަކުގައި އަސްކަރިއްޔާގެ ނުފޫޒު ފޯރުވުމުގެ އުފާ އެތައް ސަތޭކަ ބަޔަކު އުފާފާޅުކުރިއިރު، އދ، އެފްރިކަން ޔޫނިއަން އަދި ފަރަންސޭސިވިލާތުން ވަނީ ބަޣާވާތް ކުށްވެރިކޮށްފައެވެ.
ގެބޮންގައި އަސްކަރިއްޔާއިން 8 ވަނަ ފަހަރަށް އަސްކަރީ ބާރުގެ ދަށަށް ވެރިކަން ގެންދިޔަ އިރު، 2020 ވަނަ އަހަރުގެ ފަހުން ހުޅަނގާއި މެދުއެފްރިކާގައި ނައިޖަރަށްފަހު، އަސްކަރީ ބަޣާވާތް ގެނައި މިއީ ދެ ވަނަ ގައުމެވެ. މީގެ އިތުރުން މާލީ، ގިނީ، ބުރްކީނާ ފާސޯ އަދި ޗާޑްގެ ވެރިކަން ވެސް އަސްކަރީ އޮފިސަރުން އަތުލައި، 1990 ގެ އަހަރުތަކުން ފެށިގެން ޑިމޮކްރެޓިކް ކާމިޔާބީތައް ފޮހެލައި، އެ ސަރަހައްދުގައި ސްޓްރެޓެޖިކް މަސްލަހަތު އޮންނަ ބޭރުގެ ބާރުތަކުގެ މެދުގައި ބިރުވެރިކަން އުފައްދައިފައި ވެއެވެ.
"އަޅުގަނޑު މިއަދު ހިނގާލަނީ އުފަލުން ކަމަށްވާތީ. ގާތްގަނޑަކަށް 60 އަހަރަށް ފަހު ބޮންގޯސް އޮތީ ވެރިކަމުން ދުރުވެފައި،" ލިބްރެވިލްގައި އެއްވެ ތިބި މީހުންނާ ގުޅުނު ވަޒީފާ ނެތް އުމުރުން 27 އަހަރުގެ ޖޫލްސް ލެބިގުއި ބުންޏެވެ.
ބޮންގޯ ވެރިކަމާ ހަވާލުވީ 2009 ވަނަ އަހަރު 1967 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާ ބައްޕާފުޅު އުމަރު އަވަހާރަވުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ދައުލަތުގެ ތެލާއި މައިނިންގެ މުއްސަނދިކަން އެ ގައުމުގެ 2.3 މިލިއަން ރައްޔިތުންނާ ހިއްސާކުރަން އެ އާއިލާއިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
ބޮންގޯ 2016 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމުން ހަމަނުޖެހުން ތައް އުފެދުނުއިރު، 2019 ވަނަ އަހަރު ބަޣާވާތް ކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުކޮށްލާފައެވެ.
ކޮމިޓީ އޮފް ޓްރާންސިޝަން އެންޑް ދަ ރިސްޓޯރޭޝަން އޮފް އިންސްޓިޓިއުޝަންސްގެ ނަމުން ނަން ދީފައިވާ ގެބޮން އޮފިސަރުން ބުނީ ގައުމަށް ކުރިމަތިވެފައި ވަނީ "އިންސްޓިޓިއުޝަނަލް، ޕޮލިޓިކަލް، އިގްތިސާދީ އަދި އިޖުތިމާއީ ބޮޑު ކާރިސާއެއް" ކަމަށާއި އޮގަސްޓް 26 ގެ ވޯޓަކީ އިތުބާރު ކުރެވޭ ވޯޓެއް ނޫން ކަމަށެވެ.
އަދި ރައީސްގެ ދަރިކަލުން ނައުރެޑިން ބޮންގޯ ވެލެންޓިން އާއި އިތުރު ބަޔަކު ހައްޔަރުކުރީ ކޮރަޕްޝަނާއި ޣައްދާރުވުމުގެ ތުހުމަތުގައި ކަމަށް ވެސް އެ މީހުން ބުންޏެވެ.
ގެބޮންގެ ސަރުކާރުގެ ބަހެއް އަދި މީޑިއާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
މި ލިއުމާއި ގުޅޭ