Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެތުލެޓިކްސް

އައިއޯއައިޖީ: އެތްލެޓިކްސްގެ މިކްސް ޓީމް ރިލޭ އިން ރާއްޖެއިން ފުރަތަމަ ފަހަރަށް މެޑަލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް(އައިއޯއައިޖީ)ގައި އެތުލެޓިކްސްގެ 4 ގުނަ 400 މީޓަރު ދުވުމުގެ މިކްސް ޓީމް ރިލޭގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން ލޯ މެޑަލް ހޯދައިފިއެވެ.

މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ އެތުލެޓިކްސް ޓީމުން ހޯދި ތިންވަނަ ލޯ މެޑަލް ހާސިލްކުރި ޓީމުގައި ހިމެނެނީ ހަސަން ސާއިދާއި، ހުސައިން ރިޒާ (ކުޑަ ރިޒާ)އާއި ޒިވާ މޫސާ ޝަފީޢުގެ އިތުރުން އައިޝަތު ހިމްނާ ހަސަނެވެ.

އިއްޔެ ކުރިއަށްދިޔަ އިވެންޓްގައި ރާއްޖޭގެ ކުޅުންތެރިން ރިލޭ ނިންމީ 3 މިނެޓު 33.86 ސިކުންތުންނެވެ. އެއްވަނަ ހޯދީ މަޑަގަސްކަރައިގެ ޓީމުން ވަނީ 3 މިނެޓު 29.68 ސިކުންތުގެ ތެރޭގައި ރޭސް ނިންމާފައެވެ.

ދެވަނަ އަށް ދިޔައީ ރީޔޫނިއަންގެ ރިލޭ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 3 މިނެޓު 30.33 ސިކުންތުންނެވެ. މި އިވެންޓްގައި ދެން ވާދަކުރީ މޮރީޝަސް، މަޔޯޓް އަދި ސީޝެލްސް އެވެ.

މިއީ ރާއްޖޭގެ ޓީމެއް މި މުބާރާތުގެ މިކްސް ރިލޭގައި ހޯދި ފުރަތަމަ މެޑަލްއެވެ. މި މުބާރާތް ކުރިޔަށްދާނީ މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ލިއުމާއި ގުޅޭ