Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓޭބަލް ޓެނިސް

އައިއޯއައިޖީ: ޓީޓީ އަންހެން ޑަބަލްސްއިން ރަން މެޑަލް އަދި ފިިރިހެން ޑަބަލްސްއިން ރިހި މެޑަލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް(އައިއޯއައިޖީ)ގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ރަން މެޑަލް ހޯދި އިރު، މޫސާ މުންސިފް އަހުމަދު އާއި މުޙައްމަދު ޝައްފާން ރިހި މެޑަލް ހޯދައިފިއެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރަ ގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ރާއްޖޭގެ ދީމާ އާއި ރަފާގެ ޕެއާ ވަނީ ފައިނަލްގައި މޮރިޝަސްގެ ހޮސެނަލީ އޫމެހާނީ ޓަޔޭ އާއި ޖަލިމް ނަންދޭޝްވަރީގެ ޕެއާ އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ. ރޭ ކުޅުނު އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުގެ ސެޓުތައް ދީމާ އާއި ރަފާ ކާމިޔާބުކުރީ 11-03، 11-08، އަދި 11-06 އިންނެވެ.

ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި މަޑަގަސްކަރައިގެ ނަޓިވެލް ޖޮނަތަން އާއި ރަންޑްރިއާނަންޓޮއަންޑްރޯ މަހެފާ ލޫސިއާނޯ އަތުން ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އާއި މުޙައްމަދު ޝައްފާން އިސްމާއިލްގެ ޕެއާ 09-11، 08-11، އަދި 04-11 އިން ބަލިވީއެވެ.

މީގެއިތުރުން، އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ވާދަކުރީ ރާއްޖޭގެ ޕެއާ ތަކަށް ވަނީ ނާކާމިޔާބުވެފައެވެ. އަންހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުން ރާއްޖޭގެ މިޝްކާ އާއި ލައިސާގެ ޕެއާ ބަލިވިއިރު، ފިރިހެން ޑަބަލްސް ތިންވަނަ ހޮވާ މެޗުން އަޚްޔަރު އާއި ޒީސްތުގެ ޕެއާ ވެސް ވަނީ ބަލިވެފައެވެ.
އެންމެ ފަހުން ބޭއްވި 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ އަންހެން ޑަބަލްސް އިވެންޓުން ރަން މެޑަލް ހާސިލްކުރީ ވެސް ދީމާ އާއި ރަފާގެ ޕެއާ އެވެ.
މި ލިއުމާއި ގުޅޭ