Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހުމަދު އަދީބު

އިތުރުކުރި މުއްދަތު ހަމަވީއިރުވެސް އަދީބް ރާއްޖެއަކަށް ނައި!

ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިޔާ، އަހްމަދު އަދީބު ސިންގަޕޫރުން ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އިތުރުކޮށް އެ މުއްދަތު ހަމަވީއިރުވެސް ރާއްޖެ ނައެވެ.

އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އޭނާގެ ޕާޓީ، އެމްޓީޑީން ބުނި ގޮތުގައި ފުރާނައަށް ނުރައްކާވާ ފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯދުމަށެވެ. އެކަމަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޖުލައި މަހުގެ 12 ވަނަ ދުވަހު ސަރުކާރުން އެންމެ ފުރަތަމަ ދިނީ 10 ދުވަހުގެ މުއްދަތެކެވެ.

ނަމަވެސް އޭގެ ފަހުން ކަރެކްޝަންސްއިން ކުރި ޓުވީޓެއްގައި ވަނީ 28 އޯގަސްޓުގެ ނިޔަލަށް އަދީބު ސިންގަޕޫރުގައި ހުރުމުގެ ހުއްދަ އިތުރުކޮށްދީފައިވާކަމަށެވެ. އަދި އެކަން ނިންމީ ހުށަހެޅި މެޑިކަލް ޑޮކިއުމެންޓުތަކަށް ބަލާފައި ކަމަށް ބުނެފައިވެއެވެ.

އިއްޔެއަށް އެ މުއްދަތު ހަމަވީއިރު އަދިވެސް އަދީބު ރާއްޖެނާދެއެވެ.

އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ފުރުމަށް ސަރުކާރުން ހުއްދަ ދިނީ ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ގުޅޭ އެމްއެމްޕީއާރުސީ ހިޔާނާތުގެ ހެކިތައް ހާމަކުރާނެކަމުގެ އިންޒާރު އޭނާ ދިނުމުންނެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ރިޔާސީ އިންތިހާބުގެ ފަހުން އަދީބަށް ފުރޭނެގޮތަށް ހަދައިދނުމަށެވެ. އެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް ވިދާޅުވުމުން އަދީބު އެކަމާ ދެކޮޅު ހެދީ އެވެ. އަދި އިންތިހާބުން ރައީސް އިބްރާހީމް ނާކާމިޔާބުވެއްޖެނަމަ އޭނާ އަނބުރާ ޖަލަށް ދާން ޖެހޭނެކަން އަދީބު ފާހަގަކުރިއެވެ.

މި ލިއުމާއި ގުޅޭ