Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޝްވަތު ދިނުން

މެންބަރުންނަށް ރިޝްވަތު ދޭތީ މަޖިލީހުން ހުށަހެޅި މައްސަލަ ބެލެން ނެތްކަމަށް ފުލުހުން އަންގައިފި

ރިޔާސީ އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ އިދާރާއަށް ހުށަހެޅި މައްސަލަ ބެލެން ނެތްކަމަށް އެ އިދާރާއިން މަޖިލީހަށް އަންގައިފިއެވެ.

ފުލުހުންގެ އިދާރާއަށް މަޖިލީހުން ފޮނުވި ސިޓީގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ބަލައިދިނުމަށް ފުލުހުންގެ އިދާރާއިން އެދޭ ކަމަށެވެ.

ބައެއް މީޑިއާތަކަށް ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލަ ރަޖިސްޓަރީނުކުރަން އެ އިދާރާއިން ނިންމީ މައްސަލަ ހުށަހެޅިއިރު މައްސަލަ ބަލައިގަތުމަށް ބޭނުންވާ އަސާސީ މައުލޫމާތު އެ ސިޓީގައި ހިމަނާފައި ނެތުމުންނެވެ.

އެގޮތުން ރިޝްވަތުގެ ތުހުމަތުކުރި ނަމަވެސް އެ ތުހުމަތާ ގުޅޭ އެންމެ އަސާސީ މައުލޫމާތު ސިޓީގައި ނުހިމެނޭ ކަމަށާއި، އެ ސަބަބަށްޓަކައި އެ މައްސަލަ ފުލުހުންގެ ޚިދުމަތުގައި ރަޖިސްޓަރީކޮށް ތަހުގީގެއް ފެށިދާނެ ކަމުގައި ނުދެކޭކަމަށް ފުލުހުންގެ އިދާރާއިން މަޖިލީހަށް އަންގާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

އަދި ރިޝްވަތު ހުށަހެޅުމުގެ މައްސަލަތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެ މައްސަލަތައް ތަހުގީގުކުރުމުގެ އިޚުތިޞާޞު އޮންނަ މައްސަލަތަކެއްކަމަށްވާތީ އެ މައްސަލައިގެ ތަހުގީގެއް ހިންގަން ބޭނުންވާ މިންވަރަށް މައުލޫމާތު ހުރިނަމަ އެ ކޮމިޝަނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން މަޖިލީހުގައި ދަންނަވާފައިވާނެކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާކަމަށް ތުހުމަތުވާ މައްސަލައެއް މަޖިލީހުން ފުލުހަށް ހުށަހެޅީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި "ދަ ޑިމޮކްރެޓްސް"ގެ ބައެއް މަޖިލިސް މެންބަރުން ބޮޑު އަގުތަކެއް ދީގެން އެމްޑީޕީއަށް ގެންދަން ފަށާފައިވަނިކޮށެވެ.

އެގޮތުން ޑިމޮކްރެޓްސް އުފެއްދެވުމަށް އިސްނެންގެވި މެންބަރުންގެ ތެރެއިން ކުޅުދުއްފުށީ އުތުރު ދާއިރާ މެންބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާ މެންބަރު ހަސަން ޝިޔާނު އެމްޑީޕީއަށް ގެންގޮސްފައިވަނީ އެއިން ކޮންމެ ބޭފުޅަކަށް އެތައް މިލިއަން ރުފިޔާއެއް ދީގެންނެވެ.

މި ލިއުމާއި ގުޅޭ