Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަރީ

ވޯޓްލާން 11 ދުވަހަށްވީމަ މެޖިސްޓްރޭޓް ކޯޓްތަކުގެ މުއައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓްލާން 11 ދުވަހަށްވުމުން މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް މިމަހުން ފެށިގެން ދޭން ފަށާނެ ކަމަށެވެ. މިއީ ހަތް އަހަރު ފަހުން އިނާޔަތްތަކަށް ބަދަލު ގެނައި ފުރަތަމަ ފަހަރު ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭއިން ބުނެފައިވަނީ މީގެކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ދިނީ އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 11 ކޯޓެއްގެ މުވައްޒަފުންނަށް އެކަންޏެވެ. ނަމަވެސް މި ބަދަލާއެކު 800 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުވާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭއިން ބުނިގޮތުގައި ޖުޑީޝަލް އެލަވަންސް ބޮޑުކުރީ ހަމަހަމަ އުސޫލަކުން ޖުޑީޝަލް އެލަވަންސް ދިނުމަށް ކުރި މަސައްކަތުގެ ތެރެއިންކަމަށެވެ.

ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑު ކުރުމަކީ ސީދާ ވޯޓަށް ނޫފޫޒު ފޯރުވުމުގެ މަގުސަދުގައި ސަރުކާރުން ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ސަބަބަކީ ވެރިކަމުގެ 4 އަހަރު ނިމިގެން ދިޔައިރު ނުކޮށް ވެރިކަމުގެ މުއްދަތު ހަމަވާން އެންމެ 11 ދުވަހަށް ވުމުން މިފަދަ ބޮޑު ބަދަލެއް ގެނައުމުންނެވެ. ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.

މި ލިއުމާއި ގުޅޭ