Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބެޑްމިންޓަން

އައިއޯއައިޖީ: ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމް ފައިނަލަށް

މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް(އައިއޯއައިޖީ)ގައި ރާއްޖޭގެ ގައުމީ ފިރިހެން ބެޑްމިންޓަން ޓީމް ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ކުޅުނު ސެމީފައިނަލުގެ ޓީމް އިވެންޓުގައި ރާއްޖެ ފައިނަލަށް ދަތުރުކުރީ 3-0 އަކުން ރީ ޔޫނިއަން ބަލިކޮށްގެންނެވެ.

ރާއްޖޭގެ ޒަޔާން ޝަހީދު ޒަކީ އާއި ރީޔޫނިއަންގެ އާރޮން ބައްދަލު ކުރި މެޗް ޒަޔާން ކާމިޔާބު ކުރީ ސީދާ ދެސެޓުންނެވެ. ސެޓްތައް ދިޔައީ 21-15 އަދި 21-8 އިން ނެވެ.

ސެމީގެ ދެވަނަ ގޭމުގައި ރާއްޖޭގެ އަހްމަދު ނިބާލް އާއި ރީޔޫނިއަންގެ ލޮއިކް ބައްދަލު ކުރި މެޗް ނިމުނީ 2-1 އިން ރާއްޖޭގެ ނިބާލް މެޗް ކާމިޔާބުކޮށްގެންނެވެ. އެ މެޗްގެ ސެޓްތައް ދިޔައީ 21-18، 21-14 އަދި 21-10 އިންނެވެ.

ސެމީގެ ތިންވަނަ ގޭމުގައި ރާއްޖޭގެ މުހައްމަދު އަޖްފާން އާއި ރީޔޫނިއަންގެ ތިބައުޑް ބައްދަލު ކުރި މެޗް އަޖްފާން ކާމިޔާބު ކުރީ ސީދާ ދެސެޓުންނެވެ. ސެޓްތައް ދިޔައީ 21-12 އަދި 21-10 އިން ނެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. ފައިނަލުގައި ރާއްޖެ ނިކުންނާނީ މޮރިޝަސްއާ ދެކޮޅަށެވެ.

މި ލިއުމާއި ގުޅޭ