Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލީބިޔާ

ލީބިޔާގެ ޚާރިޖީ ވަޒީރު ސަސްޕެންޑްކޮށް، މައްސަލަ ތަހުގީގު ކުރަން ފަށައިފި

ލީބިޔާގެ ސަރުކާރުގެ ގައުމީ އެއްބައިވަންތަކަމުގެ ވެރިޔާ އަބްދުލް ހާމިދު ދުބޭބާ ، ފޮރިން މިނިސްޓަރު ނަޒްލާ މަންގޫޝް ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ތަހުގީގު ކުރަން އަންގަވައިފި އެވެ.

ލީބިޔާގެ ފޮރިން މިނިސްޓަރ ނަޒްލާ މަންގޫޝް މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް އޭނާގެ މައްސަލަ ތަހުޤީޤު ކުރަން އަންގަވާފައިވަނީ އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަކާއި ގުޅިގެންނެވެ.

އިސްރާއިލްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލްގެ ފޮރިން މިނިސްޓަރ ކޯހެން ވަނީ މިދިޔަ ހަފުތާގައި ލީބިޔާގެ ފޮރިން މިނިސްޓަރ ނަޖްލާ އެލްމަންގޫޝް އާއެކު ރޯމްގައި ބައްދަލު ކޮށްފައިވާ ކަމަށެވެ. އަދި އެ ބޭއްވި ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެއްގެ ގޮތުގައި އެ ބަޔާނުގައި ވަނީ ސިފަކޮށްފައެވެ.

ލީބިޔާގެ ޚާރިޖީ ވަޒީރާ އިސްރާއީލުގެ ޚާރިޖީ ވަޒީރު އެލީ ކޯހެން ބައްދަލުކުރެއްވީ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ކަމަށް އިސްރާއީލުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ އިސް ޑިޕްލޮމެޓް ވިދާޅުވީ ލީބިޔާގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމަކީ "އިސްރާއީލާއި ލީބިޔާއާ ދެމެދު އޮންނަ ގުޅުމަށް އެޅުނު މުހިންމު ފިޔަވަޅެއް" ކަމަށެވެ.
"ލީބިޔާގެ ބޮޑުމިނާއި ސްޓްރެޓެޖިކް ލޮކޭޝަންގެ ސަބަބުން އިޒްރޭލް ދައުލަތަށް ވަރަށް ބޮޑު އަހަންމިއްޔަތެއް އަދި ވަރަށް ބޮޑު ފުރުސަތެއް ލިބޭ،" ކޯހެން ވިދާޅުވި އެވެ.
މި ބައްދަލުވުމުގެ މަޤްޞަދަކީ "ޤައުމުތަކުގެ މެދުގައި އެއްބާރުލުމާއި ގުޅުން ބަދަހިކުރުމާއި ލީބިޔާގެ ޔަހޫދީންގެ ތަރިކަ ހިމާޔަތްކުރުމުގެ ފުރުޞަތުތައް ދެނެގަތުން" ކަމަށް ކޯހެން ވިދާޅުވިއެވެ.
އަދި ހިމާޔަތް ކުރުމުގެ ތެރޭގައި "އެ ގައުމުގައި ހުރި ސިނަގޯގްތަކާއި ޔަހޫދީ ގަބުރުސްތާނުތައް މަރާމާތު ކުރުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
އިސްރާއީލާއި ލީބިޔާގެ ޚާރިޖީ ވަޒީރުންގެ މެދުގައި ފުރަތަމަ ފަހަރަށް ބޭއްވުނު ބައްދަލުވުމުގެ އިންތިޒާމް ހަމަޖެއްސެވީ އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީއެވެ.

"މެދުއިރުމައްޗާއި އެފްރިކާ އަދި އޭޝިއާގެ ގިނަ ގައުމުތަކަކާ އެކު މަސައްކަތް ކުރަމުން މިދަނީ އިސްރާއީލުގެ ސުލްހަ އާއި ނޯމަލައިޒޭޝަންގެ ސަރަޙައްދު ފުޅާކުރުމުގެ މަގުސަދުގައި،" ކޯހެން ވިދާޅުވި އެވެ.

އިސްރާއީލުގެ މިނިސްޓަރުދެއްކެވި ވާހަކަތަކާ ގުޅިގެން ލީބިޔާގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ލީބިޔާއަކީ އިސްރާއީލާ އެކު ސިޔާސީ ގުޅުމެއް އޮންނަ ގައުމެއް ނޫނެވެ.

އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން އޮންނަނީ އަރަބި ހަ ގައުމަކުންނެވެ. އެއީ 1979 ވަނަ އަހަރު ގުޅުނު މިސްރާއި 1994 ވަނަ އަހަރު ގުޅުނު އުރުދުން އާއި 2020 ވަނަ އަހަރު ގުޅުނު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހްރެއިން، ސޫދާން އަދި މޮރޮކޯ އިންނެވެ.

މި ލިއުމާއި ގުޅޭ