Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓޭބަލް ޓެނިސް

އައިއޯއައިޖީ 2023: ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޓީޓީ އަންހެން ޓީމުން ޗެމްޕިއަންކަން ދިފާއުކޮށްފި

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް(އައިއޯއައިޖީ) 2023ގެ ޓޭބަލް ޓެނިސް އަންހެން ޓީމް އިވެންޓުން ރާއްޖެ ރަން މެޑަލް ހޯދައިފިއެވެ.

ޓީޓީ ޓީމުން ޗެމްޕިއަން ކަން ހޯދައިފައި މިވަނީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. އިއްޔެ ކުޅުނު މެޗުތަކުގައި ރިޔޫނިއަންއާއި މަޑަގަސްކަރަ ބަލިކޮށް، މިއަދު ލީގު ބުރުގެ ފަހު މެޗަށް މެޑަލް ދިފާއުކުރަން ރާއްޖެއިން ނުކުތީ މޮރިޝަސްއާ ދެކޮޅަށެވެ. މިއަދު ކުޅުނު ފަހު މެޗުގައި ރާއްޖެއިން މޮރިޝަސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ގޭމްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ނުކުތީ ޖާލިމް ނަންޑޭޝްވަރީއާ ދެކޮޅަށެވެ. އެ މެޗުގައި ރަފާ ވަނީ ސީދާ ތިން ސެޓުން މޮރިޝަސް ކުޅުންތެރިޔާ 11-8، 12-10 އަދި 11-6 އިން ބަލިކޮށްފައެވެ.

ދެވަނަ ގޭމްގައި ފާތިމަތް ދީމާ އަލީ، ހޮސެނަލީ އޮމެހަނި ތައްޔެއާ ދެކޮޅަށް ނުކުމެ ގޭމް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓު ހޮސެނަލީ 11-6 އިން ގެންދިޔަ ނަމަވެސް ދެން ކުޅުނު ތިން ސެޓު ދީމާ ވަނީ 11-6، 11-9 އަދި 11-2 އިން ގެންގޮސްފައެވެ.

މިއަދުގެ މެޗުގައި ރާއްޖެއަށް ގެއްލުނީ މެޗުގެ ތިންވަނަ ގޭމް އެކަންޏެވެ. އެ ގޭމްގައި ރާއްޖޭގެ ލައިސާ ފަތުހުﷲ އިސްމާއީލް އަތުން ކިނޯ ރުގައްޔާ ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ގޭމްގެ ފުރަތަމަ ދެސެޓު ކިނޫ 11-8 އިން ގެންގޮސްފައިވާ އިރު، ލައިސާ ވަނީ ތިންވަނަ ސެޓު 11-7 އިން ގެންގޮސްފައެވެ. ކިނޫ ގޭމް ގެންދިޔައީ 11-3 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

ރާއްޖެއިން ދެވަނަ ފަހަރަށް ރަން މެޑަލް ޔަގީންކުރީ ހަތަރުވަނަ ގޭމްގައި ދީމާ ނުކުމެ، ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ސެޓްތައް ގެންދިޔައީ 11-5، 11-4 އަދި 11-8 ގެ ނަތީޖާއަކުންނެވެ.

މި ލިއުމާއި ގުޅޭ