Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ މަސްރޭހުގެ ފުވަައްމުލަކުގެ ޗެމްޕިއަންކަން ޓީމް "ރީފް ރައިޑާސް"އިން ހޯދައިފި

އުރީދޫ މަސްރޭހުގެ ފުވައްމުލަކުގެ ޗެމްޕިއަންކަން ޓީމް "ރީފް ރައިޑާސް" އިން ހޯދައިފިއެވެ.

އެ ޓީމަށް ޗެމްޕިއަންކަން ލިބިފައި ވަނީ 1326.45 ޕޮއިންޓާ އެކުގައެވެ. ފުވައްމުލަކު ސިޓީން މަސްރޭހުގެ ރަނަރަޕްކަން ޓީމް "ހާލީ"ން ހޯދީ 335 ޕޮއިންޓުންނެވެ. ތިން ވަނަ ހޯދި "މޮރި ބޮލް" ޓީމަށް ލިބިފައިވަނީ 175.8 ޕޮއިންޓެވެ.

މަސް ރޭސް ފުވައްމުލަކު ސިޓީން އެންމެ ބަރު މަސް ބޭނީ "ރީފް ރައިޑާސް" ޓީމުގެ އަބްދުﷲ އިބްރާހިމެވެ. އޭނާ ވަނީ 8.05 ކިލޯގެ ރޫބީއެއް ބާނައިފައެވެ. އެ ރޭހުގެ އެންމެ ގިނަ މަސް ބޭނީ ވެސް އަބްދުﷲ އިބްރާހިމްއެވެ. އެގޮތުން އޭނާ ވަނީ 17 މަސް ބާނައިފައެވެ.

ފުވައްމުލަކުގައި ބޭއްވި އެ މަސްރޭހަކީ އުރީދޫ މަސްރޭހުގެ މި އެޑިޝަނުގެ އެންމެ ފަހު ރޭހެވެ. އުރީދޫއިން މިފަހަރު ވަނީ ހަތަރު ސިޓީގައި މި މުބާރަތް ބާއްވާފައެވެ. އެ ކުންފުނިން ބުނިގޮތުގައި މި މުބާރާތަށް ހޫނު ތަރުހީބެއް ލިބިފައިވެއެވެ.

މި އަހަރުގެ އުރީދޫ މަސްރޭހުގައި 83 ޓީމުން ބައިވެރިވެފައިވެއެވެ. އެއީ މާލެއިން ބައިވެރިވި 34 ޓީމާއި ކުޅުދުއްފުށިން 23 ޓީމާއި އައްޑޫ ސިޓީން 13 ޓީމުގެ އިތުރުން ފުވައްމުލަކުގެ 13 ޓީމެވެ.

މި ލިއުމާއި ގުޅޭ