Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

މުސްލިމް ދަރިވަރުގެ ގައިގައި ތަޅަން އަމުރުކުރި އިންޑިއާގެ ޓީޗަރުގެ މައްޗަށް ދައުވާކޮށްފި

މުސްލިމް ދަރިވަރުގެ ގައިގައި ތަޅަން އެކުލާހުގެ އެހެން ދަރިވަރުންނަށް އަމުރުކުރި އިންޑިއާގެ ޓީޗަރުގެ މައްޗަށް ދައުވާކޮށްފިއެވެ.
ފުލުހުން ބުނީ އެމައްސަލަ ތަހުޤީޤު ކުރުމުން އެކަން ހިނގާފައިވާ ގޮތް ވަރަށް ސާފުކޮށް އެނގިފައިވާ ކަމަށާއި، އެޓީޗަރު އެކަމާ އެމާ އެއްބަސްވުމާއެކު ދައުވާކުރަން ފޮނުވީކަމުގައެވެ.
އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރު ޕްރަދޭޝްގެ ފުލުހުންގެ އޮފިޝަލަކު ހޮނިހިރު ދުވަހު ވިދާޅުވީ އެ ޓީޗަރުގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި ގެއްލުމެއް ދިނުމާއި އިހާނެތިކޮށް ހިތުމުގެ އިތުރުން ހިތްވަރު ދިނުމުގެ ދައުވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު މުޒައްފަރުންގެ ޚުއްބާޕޫރު އަވަށުގައި ހިނގި މި ހާދިސާގެ ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި މުސްލިމް ދަރިވަރު ކްލާސް ކުރިމަތީގައި ހުއްޓިލައިގެން ހުރިއިރު އޭނާގެ ކްލާސްކުދިންތަކެއް އޭނާގެ ގައިގައި ތަޅަމުން ދިޔައިރު އެކުއްޖާ ރޮމުން ދިޔައެވެ.
ދައުވާ ކުރުމުގެ ކުރިން އެ ކުއްޖާގެ ބައްޕަ އިރުޝާދު އަހުމަދު ބުނެފައި ވަނީ އޭނާ އެއްވެސް ޝަކުވާއެއް ހުށަނާޅާ ކަމަށާއި ނަމަވެސް އެ ކުއްޖާ އެ ސްކޫލުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާދިސާއާ ގުޅިގެން އާންމުންގެ ނުރުހުން ވަނީ ބޮޑުވެފަ އެވެ.
"ކުށެއް ނެތް ކުދިންގެ ސިކުނޑީގައި ތަފާތުކުރުމުގެ ވިހަ އިންދުމާއި، ސްކޫލެއް ފަދަ މާތް ތަނެއް ނަފްރަތުގެ ބާޒާރުގެ ތަނަކަށް ބަދަލުކުރުން ، މުދައްރިސަކަށް ގައުމަށް ކުރެވޭނެ ގޯސް ކަމެއް ނޯންނާނެ،" ކުރީގެ ޓްވިޓާ، އެކްސްގައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވި އެވެ.
ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ މިއީ އިންޑިއާގެ ހުރިހާ ހިސާބެއްގައި އަލިފާން ރޯކޮށްލި ބީޖޭޕީން އުކާފައިވާ ކެރޮސީން ތެޔޮ ކަމަށެވެ.
އޯލް އިންޑިއާ މަޖްލިސް އިއްތިހާދުލް މުސްލިމީންގެ ލީޑަރު އަސަދުއްދީން އޮވޭސީ ވިދާޅުވީ މުސްލިމް ފިރިހެން ކުއްޖާގެ ބައްޕަ މައްސަލަ ހުށަހެޅުމުގެ ބަދަލުގައި ދަރިފުޅު ސްކޫލުން ވަކިކުރަނީ އިންސާފު ނުލިބޭނެކަން އެނގޭތީ ކަމަށެވެ.
އިންޑިއާގެ ވެރިކަމަށް 2014 ވަނަ އަހަރު ބީޖޭޕީ އައި ފަހުން މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތައް ވަނީ އިތުރުވެފަ އެވެ.
މި ލިއުމާއި ގުޅޭ