Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަޕާން

ޗައިނާގެ ބޮންއަޅާ ބޯޓްތައް މޮނިޓާ ކުރުމަށް ޖަޕާނުގެ ހަނގުރާމަމަތީ ބޯޓުތަކެއް ފޮނުވައިފި: ޓޯކިޔޯ

ޗައިނާގެ ބޮންއަޅާ ބޯޓްތަކާއި ޑްރޯންތައް ހަރަކާތްތެރިވާ ގޮތް މޮނިޓާ ކުރުމަށް ޖަޕާނުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވާފައި ވާނެކަމަށް ޖަޕާނުން ބުނެފިއެވެ.
ޖަޕާނުގެ ދިފާއީ ވުޒާރާއާ ހަވާލާދީ ކިޔޯޑޯ ނިއުސް އިން ބުނީ އޮކިނާވާ އާއި ޓައިވާނު ސަރަޙައްދުގައި ހަރަކާތްތެރިވާ ޗައިނާގެ ބޮން އަޅާ ބޯޓްތަކާއި ޑްރޯންތައް ހޯދުމަށް ހަނގުރާމަމަތީ މަތިންދާބޯޓުތައް ޓޯކިޔޯއިން ސްކްރެމްބްލްކޮށްފައިވާ ކަމަށެވެ. މި ޖެޓްތައް ފޮނުވީ އެ ސަރަހައްދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މޮޑް އިން ބުނި ގޮތުގައި އޮކިނާވާ އާއި މިއާކޯ އައިލެންޑާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް ޗައިނާގެ އެޗް-6 މަރުކާގެ ދެ މަތިންދާ ބޯޓު ފެނިފައިވެ އެވެ. އޮކިނާވާއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ސައިޓް ކަމަށްވާ ކަޑެނާ އެއާ ބޭސް ހުންނަ ސަރަހައްދެކެވެ.
ޖަޕާނުގެ އަސްކަރިއްޔާއިން ބުނީ އެ ބޯޓު ފޮނުވީ ޗައިނާގެ ބީޒެޑްކޭ-005 ރިކޮނިސެންސް ޑްރޯނަކާއި ޖަޕާނުގެ އެންމެ ހުޅަނގުގެ ޔޮނަގުނީ އައިލެންޑާއި ޓައިވާނާ ދެމެދު ދަތުރުކުރާ "ޗައިނާގެ" އެހެން ޑްރޯންއެއް މޮނިޓާ ކުރުމަށް ކަމަށެވެ.
ޓައިވާނުގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހުގެ ހެނދުނު ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ އަސްކަރީ 32 މަތިންދާބޯޓާއި ނުވަ ހަނގުރާމަމަތީ އުޅަނދު އެ ރަށުގެ ވަށައިގެން ފެނިފައިވެއެވެ. އަދި 8 ޖޭ-10 އާއި އެސްޔޫ-30 މަރުކާގެ ދެ ބޯޓް ހަނގުރާމަވެރިން ހިމެނޭ ގޮތަށް 20 މަތިންދާބޯޓު ޓައިވާން ކަނޑުއޮޅިގެ މީޑިއަން ލައިން ހުރަސްކޮށް ނުވަތަ އެ ރަށުގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯނަށް ވަދެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ޓައިވާނުގެ އަމިއްލަ މަތިންދާބޯޓުތަކުގެ އިތުރުން ކަނޑުގެ އުޅަނދުފަހަރާއި އެއްގަމު އުޅަނދުފަހަރުގެ މިސައިލް ސިސްޓަމްތައް އެކްޓިވޭޓްކޮށް ހާލަތު މޮނިޓާކޮށްފައިވާ ކަމަށް އެމްއޯޑީން ބުނެއެވެ.
މިއީ އެއްކޮޅުން ބެއިޖިން އާއި އަނެއްކޮޅުން ޓޯކިޔޯ އާއި ޓައިޕޭއާ ދެމެދު އިގްތިސާދީ އަދި އަސްކަރީ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ހިނގަމުންދާ ހަރަކާތްތަކެކެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ ޗައިނާއިން މިދިޔަ ހޯމަ ދުވަހު ވަނީ ޓައިވާނުން އަނބު އެތެރެކުރުން މަނާކޮށްފަ އެވެ. ހަމައެއާއެކު، 2011 ވަނަ އަހަރުގެ ކާރިސާ ހިނގި ފުކުޝީމާ ނިއުކްލިއާ އިންޖީނުގޭގެ ރޭޑިއޯ އެކްޓްވިޓް ޓްރީޓެޑް ފެން ކަނޑުގެ ތެރެއަށް ދޫކުރަން ޓޯކިޔޯއިން ފެށުމާ ގުޅިގެން ބެއިޖިންއިން ވަނީ ޖަޕާނުގެ ސީފުޑް މުޅިން މަނާކުރަން ނިންމައިފަ އެވެ.
އަދި ޗައިނާއިން ދަނީ ޓައިޕޭއަށް އެމެރިކާއާއި "ގުޅިފައިވާ" ކަމުގެ އިންޒާރު ވެސް ދެމުންނެވެ. ޓައިވާނަކީ އަމިއްލަ ސަރަހައްދެއް ކަމަށް ދެކޭ ބެއިޖިންއިން ބޭރުގެ ގައުމުތަކާ އެކު ލޯކަލް ސަރުކާރުން ޑިޕްލޮމެޓިކް ގުޅުން ހިންގުމާއި އެމެރިކާގެ ހަތިޔާރު ޓައިވާނަށް ވިއްކުމާ ދެކޮޅު ހަދަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ ބުދަ ދުވަހު ޓައިވާނާ އެކު އެންމެ ފަހުން ހެދި އަސްކަރީ އެއްބަސްވުން ގްރީންލައިޓްކޮށް، އެފް-16 އިކުއިޕްމަންޓާއި ސްޕެއާ ޕާޓްސް ގަތުމުގެ ހުއްދަ ވަނީދީފަ އެވެ.
ޓައިވާނުގެ ނައިބު ރައީސް ލައި ޗިންގް-ޓޭ އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ޗައިނާއިން ވަނީ މި މަހުގެ ކުރީކޮޅު ޓައިވާނުގެ ވަށައިގެން ބޮޑެތި އަސްކަރީ ތަމްރީނުތަކެއް ބާއްވާފަ އެވެ. ބެއިޖިންއިން މިދިޔަ އަހަރު ވެސް އެފަދަ ޑްރިލްތަކެއް ޖެއްސީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އޭރުގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ.
މި ލިއުމާއި ގުޅޭ