ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ މަސައްކަތު ދާއިރާގައި ކަން ވާކަން ސާބިތުކޮށްދެއްވާފައިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ޓެކްސީ ސެންޓަރުތަކުގެ ވެރިނާއި ޑްރައިވަރުންނާއެކު ޑރ. މުއިއްޒު މިއަދު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި އުމްރާނީ ގޮތުން ގެނެސްދިން ތަރައްގީގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ފައިދާތަކެއް ލިބެމުން އަންނަކަމަށެވެ.
ޝިޔާމް ވިދާޅުވީ އެ ހުރިހާ ތަރައްގީގެ މަސައްކަތުގެ އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ވަޒީރަކީ ޑރ. މުއިއްޒު ކަމަށެވެ.
"އެ ހުރިހާ މަސައްކަތެއްގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ވަޒީރު މާތް ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެންގެ ރައީސްއަކަށް ނޮވެމްބަރު 17 ވަނަ ދުވަހު ހުވާ ކުރައްވާނީ" އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވިގޮތުގައި ޑރ. މުއިއްޒު ވަނީ އޭނާގެ މަސައްކަތުގެ ދާއިރާގައި ކަންކަން ވާކަން ސާބިތުކޮށްދެއްވާފައެވެ.