Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަނގުރާ

ބަނގުރާ ގެންގުޅެނިކޮށް އަތުލައިގަތް ޝާޔަން ދޫކޮށްލައިފި

ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޝާޔަން ދޫކޮށްލައިފިއެވެ.

ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކުރި ޕީއެސްއެމްގެ ކުރީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު، މ. ޕެޓީވިލާ ހައްޔަރުކުރުމަށްފަހު ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހުއެވެ.

ޝާޔަން ހައްޔަރުކޮށްފައި ވަނީ ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ.
އޭނާ ބަންދުން ދޫކޮށްލާފައި ވަނީ އޭނާ ހުރި ތަނުން ފެނުނު ބަނގުރާ ދަޅު ތަކަކީ އޭނާގެ ފިރިމީހާގެ ތަކެތި ކަމަށް ބުނެފައިވާތީ އާއި އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ނުވާތީއެވެ. އަދި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށްވެސް ބުނެފައި ވެއެވެ.
މި މައްސަލައިގައި ޝާޔަން އާއި އެކު އޭނާގެ ފިރިމީހާވެސް ހައްޔަރުކޮށްފައި ވާއިރު، އިތުރު ހަ މީހަކު ހައްޔަރު ކުރިއެވެ. އެކަމަކު ދެންތިބި މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ވަނީ ޖަހައިފައެވެ. ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެރޭގައި ޝާޔަންގެ ދައްތަވެސް ހިމެނެއެވެ.
މި ލިއުމާއި ގުޅޭ