Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

މާތްވެގެންވާ މައްކާއަށް ހަމަލާދީ މައްކާ ހިފުމަށް އިންޑިއާގެ ފާދިރީ އަކު ގޮވާލައިފި

މުސްލިމުންގެ އެންމެ މުޤައްދަސް ބިން ސައޫދީ އަރަބިއާގެ މައްކާއަށް ހަމަލާދީ މައްކާ ހިފުމަށް އިންޑިއާގެ ހިންދޫންގެ ހަރުކަށި ފިކުރުގެ ފާދިރީ އަކު ގޮވާލައިފިއެވެ.

އަފްޣާނިސްތާން ފަތަޙަކޮށް، ހިންދޫންގެ ވެރިކަން ސަޢޫދީ ޢަރަބިއާ އާއި ހަމައަށް ފުޅާކުރުމަށް ހިންދޫގެ ހައްދު ފަހަނަޅާފައިވާ ސުޕްރެމެސްޓިކަކު ގޮވާލައިފައިވާ ވީޑިއޯއެއް އެކްސް (ޓްވިޓާ) ގައި ދަނީ ދައުރުވަމުންނެވެ.

އެކްސްގައި ދައުރުވަމުންދާ ވީޑިއޯ ގައި އޭނާ ބުނަނީ މިވަގުތަކީ ދުނިޔެ އެއްބައިވަންތަ ކުރަންވީ ވަގުތުކަމަށެވެ. އިސްލާމްދީނާއި ދެކޮޅަށް އަދި މުސްލިމުންގެ ޖިހާދާ ދެކޮޅަށް ތެދުވަންވީ ވަގުތު ޖެހިއްޖެ ކަމުގައެވެ. އެއީ މުޅިދުނިޔެ އެއްބައިވަންތަ ކުރުމަށްޓަކައި ކަމުގައި ކަމަށްވެސް އެވީޑިއޯގައި އޭނާ ބުނެއެވެ.

އެވީޑީއޯގައި އިތުރަށް އޭނާބުނަނީ މިއީ ހިންދޫންގެ ވަރަށް ބޮޑު ހުވަފެނެއްކަމުގައެވެ. އަދި މިހުވަފެން ހަޤީޤަތަކަށް ހެދުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަން ޖެހޭނެކަމަށްވެސް އޭނާބުނެއެވެ.
މިފަދަ ހަރުކަށި ވިސްނުމެއްގައި މުސްލިމުންނާ ދެކޮޅަށް އަޑުއުފުލާފައިވާއިރު، މިވީޑިއޯއާއި މެދު މޯދީގެ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ގިނަ ދީންތަކެއްގެ މީހުން އެޤައުމަކަށް ނިސްބަތްވާ އިންޑިއާގައި، ގާތްގަޑަކަށް 200 މިލިއަނެއްހާ މުސްލިމުން އުޅެއެވެ. 2014 ގައި މޯދީގެ ބީޖޭޕީ ސަރުކާރު ފެށުނީއްސުރެ، މުސްލިމުންނާއި ދެކޮޅަށް ހަރުކަށި ހިންދޫން ހިންގަމުންދާ އަނިޔާވެރި ޢަމަލު ތަކަށް ހުއްޓުމެއް ނައިސް އިތުރުވަމުން ދާކަން ފާހަގަކުރެވެއެވެ. އަދި މިކަންކަމުގައި އިންޑިއާގެ ފުލުހުން ވެސް ބައިވެރިވެ، ހިތްވަރުދީ ހަދާކަން ދައުރުވާ ވީޑިއޯތަކުން ހާމަވެއެވެ.
ގެރިކަތިލުމާއި، ގެރިމަސް ކެއުމާއި، ބުރުގާ އަޅައިގެން ސްކޫލް،ކޮލެޖް ފަދަ ތަންތަނަށް ދިއުމާއި، މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުން ކުރުން މީ މަނާ ކަންތައްތައް ކަމުގައި ހަދަން، ހިންދޫން ނިކުމެ މުޒާހަރާ ކުރުމުން ބީޖޭޕީ ސަރުކާރުން ދަނީ މިކަންކަން މަނާ ކުރަމުންނެވެ.
އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ބޮޑު ޤަތުލުޢާއްމެއް ހިންގާފާނެ ކަމުގެ އިންޒާރު ދުނިޔޭގެ ޤައުމުތަކުގައި ޤަތުލުޢާއްމު ގެ ކަންކަންދާގޮތް ދިރާސާ ކުރައްވާ އެމެރިކާގެ ބޭފުޅެއް ކަމުގައިވާ ޕްރޮފެސަރ ގްރޮގަރީ ސްޓޭންޓަން، މިއަހަރު ދެ ފަހަރެއްގެ މަތިން ދެއްވާފައިވާ ކަން ފާހަގަކުރެވެއެވެ.
އިންޑިއާގެ އެކި ސްޓޭޓް ތަކުގައި ހަރުކަށި ހިންދޫން މުސްލިމުންނާއި ދެކޮޅަށް މިހާރު ހިންގަމުންގެންދާ އަނިޔާވެރި ޢަމަލު ތަކުގައި މުސްލިމުން ޝަހީދުކޮށް، މުސްލިމުންގެ މުދަލަށާ، ގެދޮރު އަދި މިސްކިތްތަކަށް ބޮޑެތި ގެއްލުންތައް ދެމުންދާކަންވެސް ފާހަގަކުރެވެއެވެ.
މި ލިއުމާއި ގުޅޭ