Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

ނޭނގުމުގެ ނަތީޖާއަކީ މިއަދު ގައުމު މިހާލަތަށް ދިއުން: ސަލީމް

އެނގުމާއި ނޭނގުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ޕީޕިއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ގައުމު މި އޮތީ ކޮން ހާލަތެއްގައި ތޯ ދިވެހި ރައްޔިތުން ނިކަން ރަނގަޅަށް ވިސްނެވުމަށެވެ. އެގޮތުން ރައީސް ޔާމީންގެ ފަސް އަހަރު ދުވަހު ހަރަދު ކުރެއްވީ އެންމެ 100 ބިލިއަން ރުފިޔާ ކަމަށާއި،ނަމަވެސް ރައީސް އިބްރާހިމްހެ މި ފަސް އަހަރުގައި 200 ބިލިއަން ރުފިޔާ ހަރަދުކޮށްފި ކަމަށެވެ.

"އެ ނޭނގުމުގެ ނަތީޖާއަކީ މިއަދު ގައުމު މިހާލަތަށް ދިއުން، ގައުމު މި އޮތީ ކޮން ހާލަތެއްގައި ތޯ ތިބޭފުޅުން ނިކަން ވިސްނަވާ ރައީސް ޔާމީންގެ ފަސް އަހަރު ދުވަހު ހަރަދު ކުރެއްވީ އެންމެ 100 ބިލިއަން ރުފިޔާ، މި ދައުރުގައި މި ފަސް އަހަރުގައި 200 ބިލިއަން ރުފިޔާ ހަރަދުކޮށްފި" ސަލީމް ވިދާޅުވިއެވެ.

މިވަރަށް މި ދައުރުގައި ފައިސާ ހަރަދު ކުރި ނަމަވެސް ކުރެއްވި މަސައްކަތެއް ނުފެންްނަ ކަމަށް ސަލީމް ވިދާޅުވިއެެވެ. އަދި ފެންނަން ހުރި އެއްވެސް ކަމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އެޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް އިތުުރަށް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ފާޑުކިޔުންތައް އަމާޒު ކުރަމުންދާއިރު، އެކަމުން އެނގިގެން ދަނީ ޑރ. މުއިއްޒުގެ ވަރުގަދަ ކަން ކަމަށެވެ. އަދި ޑރ. މުއިއްޒު އާއި ދޭތެރޭގައި ކިޔޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

އެއްބުރުން ގާތްގަނޑަކަށް ކެންޑިޑޭޓް ކާމިޔާބު ކުރާނެ ކަމަށް ޔަގީން ވުމުން، ދެން ހަނދާނެ ގޮތް ހުސްވެގެން އެ އުޅެނީ، އަޅުގަނޑު ދަންނަވާނީ ކިތަންމެ ރައްދެއް ދިން ކަމުގައިވިޔަސް، އެކަމުން ކުރާނެ ހަމަ އެއްވެސް އަސަރެއް ނޯންނާނެ،.". ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑރ. މުއިއްޒުއަށް އެއްވެސް ފާޑެއް ނުކިޔޭނެ ކަމަށާއި، އަދި ޑރ. މުއިއްޒުގެ މައްޗަށް ވަގު ބަދުނާމު އަޅުވާކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ. ރޭގެ ޖަލްސާގައި ވެސް ސަލީމު ވަނީ ރައީސް އިބްރާހިމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ