Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އެމް.ޑަބްލިއު.އެސް.ސީގެ ޕްރިމިއަމް ފެން: މޫލީ މެދުވެރިކޮށް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެ!

އެމް.ޑަބްލިއު.އެސް.ސީ ގެ ޕްރިމިއަމް ފެން – އާރޯ އާރޯ މިހާރު މޫލީ މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފި އެވެ.

އާރޯ އަކީ އެމް.ޑަބްލިއު.އެސް.ސީ އިން އުފައްދާ ޕްރީމިއަމް ފެނުގެ ބްރޭންޑެކެވެ. މީގެ އިތުރުން އާރޯ ގެ ފެން ފުޅީ ގެ ޑިޒައިން އުފައްދާފައިވަނީ ޕްލާސްޓިކް ކުނި ވަރަށް ބޮޑަށް މަދު ކުރެވޭނެހެން ކަމުން، ތިމާވެއްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅި އަށް ލޯބިކުރާ ކަސްޓަމަރުންނަށް މިއީ ފުރިހަމަ ޕްރޮޑަކްޓެކެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ އާރޯ އަކީ ފަރުވާކޮށް މިނަރަލައިޒްކޮށް އިންޑަސްޓްރީގެ މިންގަނޑުތަކަށް އެއްގޮތަށް ފަރުމާ ކުރެވިފައިވާ ވަރަށް ފުރިހަމަ ފެންވަރުގެ ފެނެކެވެ.

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޮންލައިން މާކެޓްޕްލޭސް - މޫލީގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އިތުބާރާ އެކު ޑިޖިޓަލްކޮށް ވިޔަފާރިކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފަހިކޮށްދެ އެވެ.

މީގެ އިތުރުން ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަރ ބޭސްއަކާއި ގުޅުވާލަދީ ޑެލިވަރީގެ ޚިދުމަތާ އެކު ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް މަގުފަހިކޮށްދެއެވެ.
މި ލިއުމާއި ގުޅޭ