Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ވާދޫ ފެނަކަ މުވައްޒަފުން ބޭނުންކޮށްގެން ކައުންސިލުގެ އެސްޖީއަށް ބިރުދައްކަނީ

ގދ.ވާދޫ ފެނަކައިގެ މުވައްޒަފުން ބޭނުންކޮށްގެން އެ ރަށު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލަށް ބިރުދެއްކުމަށް މަސައްކަތްކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ވާދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލަކީ އެހެން ރަށަކަށް ނިސްބަތްވެވަޑައިގަންނަވާ އަންހެން ބޭފުޅެކެވެ. ވާދޫ ކައުންސިލަށް ވަދެގަނެ، ފެނަކައިގެ މުވައްޒަފުން އޭނާއަށް ބިރުދައްކަނީ އެ ރަށުގައި ސަރުކާރުން އުފައްދަން އުޅޭ ވަޒީފާތަކެއް އުފެއްދުމަށް އޭނާ ހުރަސްއަޅުއްވާކަމަށް ބުނެއެވެ.

މި މައްސަލަ ފެންމަތިވެގެން އުޅެނީ އެ ރަށު ކައުންސިލުގެ އައު އިމާރާތެއް އެޅުމަށް ފޮނުވަންޖެހޭ ލިޔުންތައް އޭނާ ނުފޮނުއްވާކަމަށް ބުނެ، އެކަމުގެ ހިތްހަމަނުޖެހުމުގައެވެ. އެ މައްސަލައާ ގުޅިގެން ފެނަކައިގެ މުވައްޒަފުންވަނީ އޭނާގެ އޮފީސް ތެރެއަށް ވަދެ ބިރުދައްކައި މަޤާމުން ވަކިކުރާނެކަމަށް ބުނެފައެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލު އައު އިމާރާތް އެޅުމުގެ މައްސަލަ ހޫނުވީ، އިންތިޚާބާ ދިމާކޮށް އެ މަސައްކަތްކުރަން ކަމަށް ބުނެ 135 މީހަކަށް ވަޒީފާ އުފެއްދުމަށް ސަރުކާރުން ރާވާފައިވާތީ، އެކަމަށް ހުރަސްއެޅޭތީއެވެ.

މިކަމުގައި އިސްކޮށް ހުރި މީހަކީ ވާދޫ ފެންކައިގެ މެނޭޖަރެވެ. އޭނާއަކީ ފެނަކައިގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން އޭނާގެ އަމިއްލަ ގެ ވާދޫގައި އެޅުމުގެ މަސައްކަތްކުރާ މީހެކެވެ. އެމައްސަލަ ފެންމަތިވެ ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް އެކަމުގައި އެއްވެސް އިދާރާއަކުން ފިޔަވަޅެއް އަޅާފައިނުވެއެވެ.

ފެނަކައިގެ 20 ވަރަކަށް މުވައްޒަފުންނާއެކު، އޭނާ ކައުންސިލުގެ އިދާރާއަށް ވަދެ އެސްޖީގެ ކޮޓަރިކޮޅަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވެއެވެ. އެ ވީޑިއޯގައި އެސްޖީ މަޤާމުން ވަކިކޮށްގެން ނުވަތަ ކައުންސިލު އިދާރާގައި ތަޅުއަޅުވައިގެން ނަމަވެސް ކުރަން ބޭނުންވާ ކަންކަން ކުރާނެކަމުގެ އިންޒާރުދީފައިވެއެވެ.

އޭގެ ފަހުން އިތުރު ބަޔަކާއެކު ކައުންސިލު އިދާރާއަށް ވަދެ، އެސްޖީއާ ދިމާކޮށްގެން އުޅުނުއިރު އެއިން އެކަކު އެސްޖީއާ ދިމާލަށް އަތް ދިއްކޮށް ހަރުކަށިކޮށް ވާހަކަދައްކާ ތަން ފެނެއެވެ. އަދި އެސްޖީއާމެދު މާރާމާރީ ހިންގަން އުޅޭހެން ހީވާ ހިސާބަށް ކަންކަން ދިޔަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ސައީދަކީ ވާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެ ރަށުގެ ގިނަ އަދަދެއްގެ މީހުންނަށް ފެނަކައިން ވަޒީފާ ހަމަޖައްސައިދީފައިވާއިރު، އޭނާ ގެންދަވަނީ ނުފޫޒު ބޭނުންކުރައްވައިގެން އެ ރަށުގައި ވަރަށް ގިނަ ކަންކަން ހިންގަވަމުންނެވެ. އެގޮތުން އެ ރަށުން ބޮޑު ބިމެއްވެސް އޭނާވަނީ ނަންގަވާފައެވެ.

މި ލިއުމާއި ގުޅޭ