ޖަޕާނުން ހަލާކުވި ފުކުޝީމާ ނިއުކްލިއާ އިންޖީނުގެއިން ޓްރީޓެޑް ރޭޑިއޯއެކްޓިވް ފެން ކުރިއަށް އޮތް މަދު ގަޑިއިރެއްގެ ތެރޭގައި ދޫކުރަން ފަށާނެކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕްލާންޓް އޮޕަރޭޓަރު ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ (ޓެޕްކޯ) އިން ބުރާސްފަތި ދުވަހު ބުނީ މޫސުމާއި ކަނޑުގެ ހާލަތު އެންމެ އެކަށީގެންވާ ކަމަށާއި ޕެސިފިކް ސަރަހައްދަށް ބޭރުކުރަން ފެށުމަށް ކަނޑުގެ ފެން ޓްރާންސްފާ ޕަމްޕްތައް މެންދުރު ފަހު 1:00 ހާއިރު އޮން ކުރާނެ ކަމަށެވެ.
2011 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ހަލާކުވެފައިވާ ރިއެކްޓަރުތައް ފިނިކުރުމަށް ބޭނުންކުރި އެއް މިލިއަން މެޓްރިކް ޓަނަށްވުރެ ގިނަ ޓްރީޓްޑް ފެން މިހާރު ވަނީ އެ ތަނުގެ ވަށައިގެންވާ 1000 އެއްހާ ޓޭންކުގައި ރައްކާކޮށްފައި ކަމަށާއި އެ ފެން ނައްތާލުމަކީ އަދިވެސް ނުރައްކާތެރި ފެސިލިޓީ ޑީކޮމިޝަން ކުރުމުގެ މުހިންމު ބައެކެވެ.
މި ޕްލޭނަށް ތާއީދުކުރާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ މޮނިޓަރުން ޑިސްޗާޖް ކުރުމަށް އޮންސައިޓްކޮށް، ފެނާއި މަހުގެ ސާމްޕަލް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖަޕާނުން ބުނީ ޓްރިޓިއަމް ފިޔަވައި އެހެން ހުރިހާ ރޭޑިއޯއެކްޓިވް އެލިމެންޓްތަކެއް ފިލްޓަރކޮށްފައިވާ ކަމަށާއި އެއީ ފެނުން ނައްތާލަން އުނދަގޫ އެއްޗެއް ކަމަށެވެ. ހައިޑްރޮޖަން އައިސޯޓޮޕް ވެސް ބޭރުކުރަނީ ޗައިނާ އާއި ފްރާންސް ހިމެނޭ ގޮތަށް އޮޕަރޭޝަނަލް ނިއުކްލިއާ އިންޖީނުގެތަކުންނެވެ.
އެ ކުންފުނިން 2024 ވަނަ އަހަރުގެ މާޗް މަހާ ހަމައަށް ޓްރީޓެޑް ފެން ރިލީޒް ކުރާން ހަމަޖެހިފައިވާއިރު، ކޮންމެ ފަހަރަކު 7،800 ކިއުބިކް މީޓަރުގެ ފެން ދޫކުރާނެ އެވެ. ފުރަތަމަ ޑިސްޗާޖު ކުރަން ގާތްގަނޑަކަށް 17 ދުވަސް ނަގާނެ އެވެ.
ޓެޕްކޯ އިން ބުނި ގޮތުގައި އެ ފެނުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބޯފެނުގެ ލިމިޓަށް ވުރެ ދަށުގައި، ލީޓަރަކަށް ގާތްގަނޑަކަށް 190 އެއްހާ ބެކްރިއަލް ޓްރިޓިއަމް ހުންނާނެ އެވެ. ބެކްރިއަލްއަކީ ރޭޑިއޯއެކްޓިވިޓީ ގެ މިންގަނޑެކެވެ.
މި ފެންތައް ކަނޑަށް ދޫކުރުމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ތާއީދު ކުރިނަމަވެސް ޗައިނާ، ދެކުނު ކޮރެއާ އަދި އެމެރިކާފަދަ ބައެއް ގައުމުތަކުން ބުނަނީ މިއީ ނުރައްކާތެރި ކަމެއްކަމަށެވެ.
މިކަމާ ދެކޮޅަށް ދެކުނު ކޮރެއާއިން ބައިނަލްއަގުވާމީ ފެންވަރުގައި ތެދުވާނެކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.