Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕާކިސްތާން

އިހުމާލުވި ކަމުގެ ތުހުމަތުގައި ޕާކިސްތާނު ކޭބަލް ކާރުގެ ވެރިފަރާތް ފުލުހުން ހައްޔަރުކޮށްފި

ޕާކިސްތާނުގެ ބަޓްގަރާމްގެ ފަރުބަދަމަތީ ހިސާބެއްގައި ދަތުރުކުރުމަށް ބޭނުންކުރާ ކޭބަލް ކާރެއް ހުއްޓި، އެއިން ދަތުރު ކުރި ބޮޑުމީހަކާއި، 7 ކުޑަކުދިން ތާށިވި ހާދިސާއާއި ގުޅިގެން އިހުމާލުވި ކަމުގެ ތުހުމަތުގައި އެކާރުގެ ވެރިމީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފަރުބަދަމަތީ ހިސާބެއް ހުރަސްކުރަން ބޭނުންކުރާ ކޭބަލް ކާރު ހުއްޓިފައި ވަނީ އޭގެ އެއް ވައު ކަނޑައިގެން ދިޔުމާ ގުޅިގެންނެވެ. ކޭބަލް ކާރުގައި ތާށިވީ މުދައްރިސަކާއި ހަތް ދަރިވަރުންނެވެ. ބަޓްގަރާމަކީ ވެރިރަށް އިސްލާމްއާބާދުގެ އުތުރުން 200 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަޙައްދެކެވެ.
ޚައިބަރު ޕަޚްތޫންޚުވާގައި ހިނގި މި ހާދިސާއާ ގުޅިގެން 12 ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަންޖެހުނެވެ.
ކޭބަލް ކާރުގެ ވެރިޔާ ގުލް ޒަރީން ފުލުހުން ހިފަހައްޓާފައި ވަނީ އަގުހުރި ފުރާނަތަކަށް ނުރައްކާކުރުމާއި އިހުމާލުވުން ފަދަ ގިނަ ތުހުމަތުތަކަކާ ގުޅިގެންނެވެ.
މި ހާދިސާ ހިނގާފައި ވަނީ އެ މުދައްރިސާއި ދަރިވަރުން ކޭބަލް ކާރުގައި ސްކޫލަށް ދިޔަ މަގުމަތީގައެވެ. މޫސުން ގޯސްވެ، ވައިބާރުވުމާ ގުޅިގެން އެ މީހުން ސަލާމަތް ކުރުމަށް ކުރަމުންދިޔަ މަސައްކަތަށް ހުރަސް އެޅުނު ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.
ކޭބަލް ކާރުގައި ތާށިވި މުދައްރިސާއި ކުދިންގެ ތެރެއިން ހަތަރު ކުއްޖަކު ސަލާމަތްކޮށްފައި ވަނީ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ބޭނުންކޮށްގެންނެވެ. ކޭބަލް ކާރު ހުއްޓިފައި ވަނީ 900 ފޫޓު އުސް ހިސާބެއްގައެވެ.
ބަޓްގަރާމްގެ އިސް އޮފިޝަލެއް ކަމުގައިވާ ޝާޙް ފަޙަދް ވިދާޅުވީ ކޭބަލް ކާރުގައި ތިބި ކުދިން ސަލާމަތް ކުރަން ޖެހުނީ ވަކިވަކިން، ފަހަރަކު ކުއްޖެއް ކަމުގައެވެ. އެ ކުދިންނާ އެކު ކޭބަލް ކާރުގައި ތާށިވި މުދައްރިސަކީ 20 އަހަރުގެ ގުލްފަރާޒެވެ.
ތާށިވީ އުމުރުން 10 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންނެވެ. ހޫނު ގަދަވުމުގެ ސަބަބުން އެ ތަނުން އެއް ކުއްޖަކު ހޭނެތުނު ކަމުގައި ވެސް އޭނާ ބުންޏެވެ. އަދި، އެ ކުދިން ތިބީ ވަރަށް ބިރުން ކަމުގައި ވެސް އޭނާ ބުންޏެވެ.
ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އެތަކެއް ހާސް ބަޔެއްގެ ނަޒަރު ވަނީ، އެ ކުދިން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުއްޓިފައެވެ. އެ ޤައުމުގެ ޓީވީ ޗެނަލްތަކުން އެ މަންޒަރު ދިޔައީ ވަގުތުން ދުރަށް ދައްކަމުންނެވެ.
މި ލިއުމާއި ގުޅޭ