Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސާ ސިރާޖު

ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ފޮނަދޫއިން 200އެއްހާ މީހުން އެމްޑީޕީއިން ވަކިވެއްޖެ: ސިރާޖް

ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ފޮނަދޫއިން 200 އެއްހާ އެމްޑީޕގެ އާންމު މެންބަރުން އެޕާޓީގެ ދަފްރަތަރުން ވަކިވުމަށް އެދި ހުށަހަޅާފައިވާ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ދާދި ފަހުން އެމްޑީޕީއިން ވަކިވެވަޑައިގަތް ސިރާޖް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓުގައި ސިރާޖް ވިދާޅުވީ "ލިސްޓް އެމްޑީޕީއާއި އިލެކްޝަންނުން ބެލީމާ ސާފު ވާނެ. ލާމުން ބަލި ކުރާނެ" ކަމަށެވެ.

އެމްޑީޕީއިން ވަކިވެވަޑައިގަތުމަށް ފަހު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން މެމްބަރު ސިރާޖް ވަނީ އިއުލާން ކުރައްވައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރެއްވި ސިރާޖު ފަހަކަށް އައިސް މި ސަރުކާރުގެ ބައެއް ސިޔާސަތަށް ފާޑުވިދާޅުވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.

އެގޮތުން ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތަށް އޭނާ ވަނީ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މެމްބަރު ސިރާޖަކީ މީގެ ކުރިން ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވި ބޭފުޅެކެވެ.

މި ލިއުމާއި ގުޅޭ